މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ސްކިލްއަޕް ޔޫތު"(ކުރިން "ތައްޔާރުވަމާ" ގެ ނަމުގައި ހިންގުނު)ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕް ނިންމި 45 ޒުވާނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ވޯކްޝޮޕް ބާއްވާފައިވަނީ އިއްޔެ ހެނދުނު 08:30 އިން 17:30އަށެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރު ފުރާއަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ.

