ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ހެޔޮއެދުންތަކާއެކު، އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި 40,780.44 އެމެރިކާ ޑޮލަރު، ހަދިޔާކޮށްފިއެވެ.
މި ފައިސާ މިހާރުވަނި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ޢީދުގެ އުފަލުގައި ބައިވެރިކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން، އިހުތުމާއީ އަދި އާއިލި ތަރައްގީއާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި އެހީގެ ދަށުން، ކުދިންނަށް ޢީދު ހެދުން ހޯދައިދިނުމާއި ބޭނުންޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމުގެ އިތުރުން ޢީދު އުފަލުގައި ބައިވެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ކަނޑައަޅާފައެވެ. މި ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށްގެންދާނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫ.އޭ.އީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވައެވެ.

