އައްޑޫ ސިޓީގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް ރައީސް އެދިވަޑައިގެންފި

އައްޑޫސިޓީގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު އެދިވަޑައިގެންފިއެވެ.

ޕީއެންސީގެ ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޑޫ އަތޮޅަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް ހެދުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަށްޓަކައި މިއަހަރުގެ ތެރޭގައި އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމާނެކަމަށެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިގެން ދިޔުމުގެ ވަރަށް ފުރިހަމަ ފުރުޞަތެއް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 3 އަހަރަށް ލިބިގެންދާނެކަމަށެވެ. އެއާއެކު ރައީސް ވަނީ ހުރިހާ ފާރާތްތަކުންވެސް އައްޑޫގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.

މިގޮތުން، އެންމެ ފުރަތަމަ ހުޅުވައިލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑުއަތޮޅަކީ 1 ޖަނަވަރީ 2027ން ފެށިގެން ތިން އަހަރު ދުވަހަށް ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން ރައީސް އިޢުލާންކުރައްވާފައިވެއެވެ.

މީގެ ސަބަބުން، ކުދި ފަންތި އަދި މެދު ފަންތީގެ ސިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑުއަތޮޅަށް، އަދި މުޅި ދިވެހިރާއްޖެއަށް، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތައް ކުރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އައްޑުއަތޮޅަކީ ރާއްޖޭގެ އައި.ޓީ.ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކަށް ދަޢުވަތުދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.