ދިރާގުން ސެމްސަންގ ގެލެކްސީ ވޮޗް އަލްޓްރާ ގަންނަން ލިބެންހުރި ވާހަކަ އިއުލާނުކޮށްފި

ދިރާގުން ސެމްސަން ގެލެކްސީ ވޮޗް އަލްޓްރާ ގަންނަން ލިބެންހުރި ވާހަކަ އިއުލާނުކޮށްފިއެވެ.

މި ސްމާރޓް ވޮޗަކީ، ސެމްސަންގ ގެ ސްމާރޓް ވޮޗް ގެތެރެއިން އެއްމެ ފަހުގެ ސްޕޯރޓްސް ފީޗަރތައް ހިމަނައިފައިވާ، ސެލިއުލަރ ޚިދުމަތް ލިބެނެ ސްމާރޓް ވޮޗެކެވެ.

މި ސްމާރޓް ވޮޗްގައި  ދިރާގުގެ ސެލިއުލަރ ވެއަރަބަލް ހިދުމަތްކަމުގައިވާ "ވަންނަންބަރ" މެދުވެރިކޮށް، ސެލިއުލަރ އީ-ސީމް އެކްޓިވޭޓްކުރެވޭނެއެވެ.  މި ހިދުމަތުގެ އެހީގައި ފޯނު ކައިރީގައި ނެތް ނަމަވެސް ނުވަތަ ނިއްވާލާފައި  އޮތަސް ސްމާޓްވޮޗުން ކޯލްތަކަށް ޖަވާބު ދީ، މެސެޖް ފޮނުވުމުގެ އިތުރުން މޯބައިލް ޑޭޓާ ބޭނުންކުރެވޭނެ އެވެ.

ދިރާގު ވަން ނަމްބަރު ހިދުމަތް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ 2 އަދި ގެލެކްސީ ވޮޗް އަލްޓްރާ 3 ގައި ބޭނުންކުރެވޭނެއެވެ. މީގެ ތެރެއިން ގެލެކްސީ ވޮޗް އަލްޓްރާ 3 މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެއެވެ. އިންސްޓޯލްމަންޓް ޕްލޭންއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް، މަހަކު 759 ރުފިޔާ ދައްކާގޮތަށްވެސް ގަޑި ގަންނަން ލިބެން ހުންނާނެއެވެ.

"ދިރާގު ވަން ނުމްބަރ"  ޚިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށާއި، ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސްމްސަންގ ގެލެކްސީ ވޮޗް އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުން ކުރެވޭނެއެވެ.

މި ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި 'ގެލެކްސީ ވެއަރަބަލް' (Galaxy Wearable) އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެކްޓިވޭޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި، އައިޑެންޓިޓީ ވެރިފައިކުރުމަށްފަހު އީ-ސިމް (eSIM) ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް ކުރެވޭނެއެވެ. މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާއެކު އެކްޓިވޭޓްވިކަން އެސް.އެމް.އެސް އެއް މެދުވެރިކޮށް އަންގައިދޭނެއެވެ.

ދިރާގުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހައްލުތަކެއް ހޯދައިދީ، މުއާމަލާތްކުރުމުގައި އިތުރު ފަހިކަމެއް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ވެސް ދިރާގު ވަން ނަމްބަރު ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.