ޔޫތު މިނިސްޓްރީން ބާއްވާ "އޯޕަން ޑޭ 2026" މިމަހު 30 އަދި 31ގައި!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން "އޯޕަން ޑޭ2026 " މިމަހު ބާއްވަން ނިންމައިފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލައިވް ޕަރފޯމަންސްތަކާއި ތަފާތު ގޭމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބު (ލިލީ މަގު)ގައި 30 އަދި 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.