ގުޅީފަޅުން 2751 ގޯތީގެ ރެޖިސްޓްރީ ހައްދާ ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދީ ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިންވެރިޔާ ސްކީމްގެ ދަށުން ކުރެވެމުންދާ ގުޅީފަޅުގެ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތްތަކުގެ އަދާއިހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ކުރިން ގިރާވަރުން ގޯތި ލިބިފައިތިބި 1114 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކުރެވިފައިވާއިރު ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް 12 ޖުލައި 2025 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

މި މަސައްކަތްތައް މެދުވެރިކޮށް މިހާތަނަށް 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދެވިފައިވާއިރު ބާކީ ތިބި މީހުންގެ ރެޖިސްޓްރީތައް ހަދައި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.