
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025 ގެ ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.
މިއަހަރުގެ ޑީ.އެމް.އާރް.އާރް ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ރޭސް ކިޓް ހަވާލުކުރެވޭނެއެވެ. 19 އޮކްޓޫބަރުން ފެށިގެން 22 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ ނިޔަލަށް ތިރީގައި މިވާ ވަގުތުތަކުގައި ބައިވެރިންނަށް އެފަރާތްތަކުގެ ރޭސް ކިޓް ނެގޭނެއެވެ.
19 އޮކްޓޫބަރު 2025
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
20 އޮކްޓުބަރު އިން 22 އޮކްޓުބަރު 2025 އަށް
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.
ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.