
ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލާ ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓުކައިތރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ. މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފައިވާ ކަމަށާއި 3 މީހުން ގެއްލިގެން ހޯދަމުން އަންނައިރު އެކަކު ފެނިފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފައި ކަމަށާއި އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި ކަަމަށް ވެސް މައުލޫމާތު ދެއެވެ.