
"ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025" ބާއްވައިފި އެވެ.
މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއަ މި ކޮންފަރެންސްގެ ޝިއާރަކީ "ޑްރައިވިން ޕަބްލިކް ވެލިއު - އިންޓަރނަލްް އޮޑިޓް އިން ދި އީރާ އޮފް އެކައުންޓަބިލިޓީ އެންޑް ޗޭންޖް" އެވެ.
"Driving Public Value - Internal Audit in the Era of Accountability and Change
އިސްލާމީ މަރުކަޒުގެ ހޯލްގައި ބުދަ ދުވަހު ހެނދުނު ބޭއްވި މި ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
މި ކޮންފަރެންސްގައި މާލީ ކަންކަމާއި ތަރައްްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު، އަލްފާޞިލް މޫސާ ޒަމީރު އާއި، ދާއިރާގެ ތަޖުރިބާކާރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ކޮންފަރެންސްގައި ވަނީ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް "2026 އިން 2028 އަށް އެކުލަވާލާފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.
މި އެކްޝަން ޕްލޭންް ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފްވެރި މެހްމާން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް އެވެ.
ސަރުކާރުތަކުގެ އިންޓަރނަލް އޮޑިޓްގެ ހަރުދަނާ ކުރުމުގެ މުހިންމު ކަމާއި ހާމަކަންބޮޑުކުރުމާއި، އާންމު ވަސީލަތްތައް އެންމެ ފުރިހަމައަށް ނަޒާހަތްތެރިކަމާއެކު ބެލެހެއްޓުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރު އަދާކުރާނެ ދައުރުފަދަ މުހިންމު ކަންކަމާއި ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެގޮތުން މި ކޮންފަރެންސްގައި ވަނީ، ސަރުކާރުގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓްގެ މުހިންމު ކަމާއި ގުޅޭ ނޯޓް ތަކާއި، ޕެނަލް ޑިސްކަޝަންތައް ބާއްވާފަ އެވެ.