
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ އިންތިހާބުގައި މީޑިއާތަކުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިއަދު ގަވީރު 4 ޖެހިއިރުއެވެ.
އެކަމަކު އިލެކްޝަން ކޮމިޝަނުން މިހާރު މިވަނީ ރަޖިސްޓްރީވުމުގެ ވަގުތު ހޯމަ ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކާގޮތުގައި މި އިންތިހާބުގައި 353 މީޑީއާއަކަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.
މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ބަލާ، 18 ފަރާތެއް ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުން ވަނީ އިތުރުކޮށްފައެވެ.
މި ކޮމިޝަނަށް ކުރިމަތުލުމުގެ މުއްދަތު ހޮނިހިރު ދުވަހު ހަމަވިއިރު، ކުރިމަތިލާފައިވަނީ 6 މީހުންނެވެ. މިއީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.