އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް އިން ބައިވެރިވެއްޖެ

ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ ފާހަގަކުރުމުގެ ގޮތުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
އައްޑޫ ސިޓީ ސްކޮޔަރގައި މިއަދު ކުރިއަށްދިޔަ މި ހަވީރުގައި އެމްއެންޑީއެފުން ގާއިމުކޮށްފައިހުރި ސްޓޯލްތަކުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަރާތުން ފަޔަރ ސޭފްޓީއާ ގުޅޭގޮތުންނާއި، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފަރާތުން ވޯޓަރ ސޭފްޓީއާ ގުޅޭގޮތުންނާއި، ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 4ގެ ފަރާތުން އިލެކްޓްރިކަލް ސޭފްޓީއާ ގުޅޭގޮތުން، ކުޑަކުދީންނާ ގުޅުންހުރިގޮތަށް މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.