އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި

ޖިއަލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފިއެވެ.

ސެޕްޓެންބަރު 8ވަނަ ދުވަހު އެ ސްކޫލުގެ 22 ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ޝިޕް ސޭފްޓީ، ވޯޓަރ ސޭފްޓީ، ޑައިވިންއާއި ފަޔަރފައިޓިންގގެ ތަޢާރަފު، އަދި ލައިފް ޖެކެޓާއި ލައިފް ރިންގ ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.