ބިލެއް ފަރުމާކުރާއިރު ދާއިރާގެ ތަޖުރިބާކާރުންގެ ޚިޔާލު ހޯދަންޖެހޭ: އެމްއެމްސީ

ބިލެއް ފަރުމާކުރާއިރު ދާއިރާގެ ތަޖުރިބާކާރުންގެ ޚިޔާލު ހޯދަންޖެހޭކަމަށާއި އެފަދަ ކަމެއް ނުކޮށް ބިލު ހުށަހެޅުމަކީ އެންމެ ރަނގަޅުކަމެއް ނޫންކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިންގ ރެގިޔުލޭޝަން ބިލާއިގުޅިގެން އެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްސީގެ ރައީސް ހުސައިން ޘަޤީފް ވިދާޅުވީ ނޫސްވެރިކަމާއި ނޫސްވެރިންނަށް މީގެ ކުރިން ވެސް އެކިއެކި ކަންތައްތަކުގައި ގޮންޖެހުންތައް އެކި ސިފަސިފައިގައި ވަނީ ކުރިމަތިވެފައިވާ ކަމަށެވެ.  އަދި މިފަދަ ކަންތައްތަކުގައި ގިނަ ފަހަރަށް މަޝްވަރާކޮށްގެން ހައްލު ހޯދައިދެވޭ ކަމަށެވެ.

އެހެންކަމުން މިފަހަރު ވެސް މީޑިއާ ކައުންސިލުގެ އުންމީދަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަމަށް އެދެވޭ ހައްލެއް ލިބުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މީޑިއާ ކައުންސިލުން ކަންބޮޑުވުންތައް އެކި ސިފަސިފައިގައި ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާ ޘަޤީފް ވިދާޅުވީ 2008 ވަނަ އަހަރު މީޑިއާ ކައުންސިލުގެ ގާނޫނު ވުޖޫދުވެގެން އައިއިރުވެސް ގެންގުޅުއްވީ ދުނިޔޭގައި ތަހުޒީބުވެފައިވާ ގައުމުތަކުގައި ކަންތައް ކުރާ ގޮތް ކަމަށެވެ.

އެެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.