ހަރަދުކުޑަކޮށް އެމްޑަބްލިއުއެސްސީ އަށް 217 މިލިއަން ރުފިޔާގެ ފައިދާއެއް

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މިދިޔަ އަހަރު ފައުދާގެ ގޮތުގައި 217 މިލިއަން ރުފިޔާގެ ލިބިއްޖެއެވެ.

އޮޑިޓަރ ޖެެނެރަލް އޮފީހުން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 103 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީގެ ފައިދާވަނީ 90 ޕަސެންޓަށް އިތުރުވެފައެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ވެސް މިދިޔަ އަހަރުކަމަށް އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އެހާ ބޮޑު ފައިދާއެއް ލިބިފައިވަނީ ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ފާހަގަކުރެއެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމަށްޓަކައި، އެ ކުންފުނިން ސީދާ ގޮތުން ކުރާ ހަރަދުތައް 935 މިލިއަން ރުފިޔާ ކުޑަކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެެވެ.

އޮޑިޓް އޮފީހުން ބުނީ އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ޖުމުލަ 1.6 ބިލިއަން ރުފިޔާ ލިބުނުކަމަށެވެ. އޭގެ ތެރެއިން 62 މިލިއަން ރުފިޔާ ހަރަދުކުރީ ކުންފުނީގެ ދަރަނިތައް ދައްކަން ކަމަށާއި 2023 ވަނަ އަހަރު އެއަށްވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކައިފައިވާކަމަށް ވެސް ބުނެއެވެ.

އެ ކުންފުނީގައި 1،200 މުވައްޒަފުން މަސައްކަތް ކުރާއިރު މުވައްޒަފުންގެ މުސާރައަށް ކުންފުނީގެ އާމްދަނީގެ 16 ޕަސަންޓް ހަރަދުކުރާކަމަށް އޮޑިޓް ޖެނެރަލް އޮފީހުން ބުންޏެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.