
މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތުގައި އުމުރުން 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު އޭނާ ހައްޔަރުކުރީ ރ. އިނގުރައިދޫ އިން ކަމަށެވެ. އި އެއީ އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު 2689، އަލީ ޝަރީފެވެ. އަލީ ޝަރީފް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ، މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.