ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލްތަކާ ރާއްޖެ ދުރަށް ދާ ތަން: ޝާހިދު

ރާއްޖެ އިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލްތަކާ ދުރަށް ދާ ތަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ދުވަސް މިއަދު ފާހަގަކުރާ އިރު، ރާއްޖެ އިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލްތަކާ ދުރަށް ދާ ތަން ކަމަށެވެ. އަދި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓަން ރައްޔިތުން އިތުރު ބާރެއް ލާންޖެހޭ ކަމަށެވެ. އަދި އްޖޭގެ ޑިމޮކްރަސީ މިހާރު އޮތް ހާލަތަށްވުރެ ފަހަތަށް ސޮއްސާލުމުގެ ބިރު އޮތް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.