ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މާރިޔާ ތުރުކީ އަށް ވަޑައިގެންފި

ތުރުކީ ސަރުކާރުގެ ދަޢުވަތަކަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.މަރްޔަމް މާރިޔާ ތުރުކީގެ އަންކާރާއަށް ވަޑައިނަވައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އަދި ޕާމަނަންޓް ސެކެޓްރީ އައިމިނަތު ހިކްމާ ބައިވެރިވެވަޑާއިގަންނަވައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ތުރުކީގެ މަޤްބޫލު ޔުނިވާސިޓީތަކާއި އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންގެ އިތުރުން ތުރުކީ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ބައްދަކުރައްވާނެއެވެ. މީގެ އިތުރުން ތުރުކީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީ، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް، އައުންސިލް އޮފް ހަޔަރ އެޑިއުކޭޝަން، އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ރާއްޖެގެ މަތީތައުލީމް އެހެން ހަރުފަތަކަށް ގެންދެވުމަށާއި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޭރުގެ ގިނަ ޔުނިވާސިޓީތަކާއިއެކު މަޝްވަރާކުރައްވަމުންނެވެ. އަދި މި ފަދަ މަޝްވަރާތަކަށްފަހު އެކި ގައުމުތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތުތައްވެސް އަންނަނީ ތަނަވަސްކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.