އަނާ - 61

(4 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަލޭމެން އެ މުދަލަކާހުރެ އަދި އެ ޢިއްޒަތާއި ޤަދަރަށްޓަކައި ގެއްލި ހައްލުވެގެން ތިޔަދާ އަދި އަހަރެން ގަޔަށް ބަޑިޖަހާ މަރާލުމަށް ތައްޔާރުވުމަށް ތިޔަދާ މުދަލާއި ފައިސާތައް މިހާރު އަހަރެންނަށް ޓަކައި ވެފައިމިވަނީ ވަށްވައްޖަހާ ކުއްތާއަކަށް. މިއަދުގެ ފަހުން އަހަރެން އެހުރިހާ އެއްޗެއް ކަލޭމެންނަށް އަނބުރާ މި ދެނީ. އަހަރެން އެއިން އެއްވެސް އެއްޗެއް ބޭނުމެއްނޫން."

އަނާ ކަރުތެރެއިން އަޑު ހިފެހެއްޓޭގޮތްވިއެވެ.

"އިންސާނުންގެ ކިބައިން އިންސާނިއްޔާތުކަން ވަކިކުރާ އެފަދަ މުދަލަށް އަހަރެން ލަޢުނަތްދެން އަހަރެން ހީކުރީ  ކަލޭ ކަލޭގެ މީހަކަށް އަހަރެން ހަދާނެކަމަށް. އަހަރެންގެ އަހައްމިއްޔަތު ޤަބޫލު ކުރާނެކަމަށް. ނަމަވެސް ކަލެޔާ ކަލޭގެ ބައްޕަ ހަމައެކަނި މަސައްކަތް ކުރަމުން  ތިޔަދަނީ  މުދަލާއި ފައިސާއަށްޓަކައި... އެކަމަށްޓަކައި އެހަރެންގެ ދަރިފުޅު ޒަހަރުދީމަރާލައިފި އަހަރެންނަށް ޒަހަރުދީފި....  އަދި މީހަޜު ކަލޭ ތިހިރަމޮޔަގޮވަނީ...ދޭ..މިއަދުގެ ފަހުން އަހަރެން މިހުރިހާއެއްޗެއްސެއް ކަލޭމެންނަށް އަނބުރާ މިދެނީ  އަހަރެން މީން އެކައްޗެއްވެސް ބޭނުމެއްނޫން އަހަރެން ގައިގައި މިހިރަ ވިދަވިދާ ހުންނަރަންތައް އަހަރެންގެ ފުރާނަ އަންދަމުން ގެންދަނީ މިތަނުން ނުކުންނަންއުޅޭ.... ހަމަމިހާރު މިތަނުންދޭ!"

އަނާ ހަޅޭއްލަވައިގަތެވެ.

މާޖިދު ބުދެއްހެން އޭނާއަށް ބަލަން ހުއްޓެވެ. އަދި ކެތްތެރިކަން ހުސްވެފައިވާ އަނާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. "ފިނޑި ދަރިފުޅު! އަހަރެންނަށް ކަލޭގެ ބޭނުމެއްނެތް.... ދެއަނބީންނާ އިނދެގެން އުޅޭންކެރޭ އެކަމަކު އެމީހުންނާއެކު ރޭ ކުރުމަށް ބައްޕަ ގާތުން އަމުރު ނަގަންޖޭހޭ ފިރިއަކުން ވާނީ ކޮންފައިދާއެއް؟"

"އަނާ!" މާޖިދު ރުޅިއަތުވެއްޖެއެވެ.

"މިތަނުން ދާން އުޅޭ!" އަނާ އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަތެވެ. މީގެފަހުން މިގެއަށް އެއްގޮތަކަށްވެސް އައިސްގެން ނުވާނެ. ކަލޭގެ ކިބައިން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން..އަނާ އެނދުމައްޗަށް ވެއްޓިއްޖެއެވެ.

މާޖިދު ކުޑައިރުކޮޅަކު އަނާއާ ދިމާއަށް ބަލަން ހުއްޓެވެ.

ދެން މަޑުމަޑުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ދެން ކަންތައްވީ އެގޮތަށެވެ.

އަނާ ވިޔަފާރީގެ ހުރިހާ ކަމަކުން އަތްދޫކޮށްލައިފިއެވެ. އަނެއްކާވެސް ޚާންއާޞިފް ހުރިހާކަމެއްގެ ވެރިޔަކަށް ވެއްޖެއެވެ. އަނާ ގެއިންބޭރަށް ނުގޮސްގޭގައި އިންނަތާ އެގާރަ ދުވަސްވެއްޖެއެވެ. ނިސްރީނާއި އިމްތިޔާޒަށްވެސް އޭނާ ޗުއްޓީ ދިނެވެ. މިހާރު އޭނާއަކީ އެކަނިއިން ފުރާނައެކެވެ. ވީމާ އަމިއްލައަށް ކައްކާލައިގެން ވެސް ފަރުޖެއްސިދާނެތީއެވެ. އަދި އެހެންނޫނަސް މިހާރު އޭނާ ބޮޑަށް ބޭނުންވަނީ އެކަނި އިންނާށެވެ. އެހެންވީމާ އެމީހުންގެ ބޭނުމެއްވެސް ނެތީއެވެ. އޭނާގެ ހިތް ހުރިހާގޮތަކުންވެސް ހަލާކުވެއްޖެއެވެ. އޭނާއަށް އެންމެ މީހެއްގެ ހިތްކާމިޔާބެއް ނުކުރެވުނެވެ. އޭނާ ބޭނުންނަމަ  މުޅި ދިރިއުޅުން އުފަލާ އަރާމުގައި ވޭތުކުރެވިއްޖައީއެވެ.

ނަމަވެސް

އެ މީހުން ބޭނުންވަނީ ހަމައެކަނި އެ މީހުންނަށް ޓަކައި ދިރިއުޅުމަށެވެ. އެ މީހުންގެ އީމާންވަނީ ހަމައެކަނި މުދަލާއި ފައިސާއަށެވެ. މުދަލާއި ފައިސާއާ ނުލާ އެއްވެސް  ތިމާގެ ކަމެއް ނުވަތަ ގާތްކަމެއް އެ މީހުންނަކަށް ނޯވެއެވެ.

އަނާ ބޭނުންވަނީ މާޖިދު ޒުމައްރަދު ވަރިކުރާށެވެ. އަދި އޭނާގެ ހިތާއި ފުރާނައިން އަނާއަކީ އޭނާގެ މީހަކަށް ހަދާށެވެ.

ނަމަވެސް އޭނާގެ ފިރިމީހާއަކީ ފިނޑިއެއްކަމާއި އޭނާގެ ބައްޕަގެ  އާދަތައް ވާރުތަވެ ޤަބޫލުކޮށްފައިވާ މީހެއްކަން އަނާއަށް ޘާބިތުވުމުން އަނާ އޭނާ ބަލިވެއްޖެކަން އެނގުނީއެވެ.

އެހެންވީމާ ދެން އޭނާ ހުރިހާ އެއްޗެއްވެސް އަނބުރާދިނީއެވެ.

ބާރަދުވަސްފަހުން ޘަނާ ބޭރުޤަވްމުތަކަށް ކުރިދަތުރުން އެނބުރި އަތުވެއްޖެއެވެ. އޭނާ އައީ އިރުއޮއްސުނު އިރުއޮތް ފްލައިޓަކުން ކަމަށްވާތީ އެއަރޕޯޓުން ސީދާ އޭނާ ދިޔައީ އަނާގެ ގެއަށެވެ. އޭނާ ފޯނުން އަނާގެ ގުޅޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ.

ކުންފުންޏާ ގުޅާ ކޮންމެފަހަރަކު އިވެނީ ޚާންއާޞިފްގެ އަޑެވެ.  އެއަޑު އިވުނީމާ ޘަނާ އެއްވެސް އެއްޗެއް ނުބުނެ ފޯނުބާއްވަނީއެވެ.

ހިނގައިގެން މިއުޅެނީ ކޮންކަހަލަ ކަންތައްގަނޑެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އޭނާއަކަށް ނުވިސްނެއެވެ. އަނާގެ މަޤާމުން ޚާންއާޞިފްގެ އަޑުއިވުނީމާ އޭނާ ހުރީވަރަށް ހާސްވެފައެވެ، މިއަދު އޭނާ އެއަރޕޯރޓަށް ފޭބީ އަނާގެ ސިކުނޑީގައި އެތައްއެތައް ބިރަކާމެދު ވިސްނަމުންނެވެ.

އަނާ ގެއަށް ވަތްއިރު ގެއަށްއައިސްފައިއޮތް ހަމަހިމޭންކަން  ފެނިފައިވެސް އޭނާ އަޖައިބުވާން ޖެހުނެވެ. އެއީ ފުރާނައަށްވެސް ދަތިވާވަރުގެ ހިމޭންކަމެކެވެ. ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އޭނާ ހުއްޓިވެސް ނުލާ  ގޭތެރެއަށް ވަދެއްޖެއެވެ. އަދި އަނާގެ ކޮޓަރި ކައިރިއަށްގޮސް ދޮރުމައްޗަށް ހުއްޓިއްޖެއެވެ.

އަނާ

ގޮނޑިގައި ކުޑަކޮށް އޮށޯވެލައިގެން އޮތްއިރު ހީވަނީ ކޮންމެވެސް ފުރާނައެއް އޮތްހެންނެވެ. ޘަނާ ފެނިފައި އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް އައެވެ. އަދި ބުންޏެވެ.

"އެއަރޕޯރޓުންތަ ތިޔައައީ!"

"ލައްބަ ހީކޮށްގެން ހުރީ ރޭގަނޑު ސަހަރާންޕޫރުފައި ވޭތުކޮށްލާފައި އަންނަންކަމަށް، ނަމަވެސް ކަންތައްތައް ހުރިލެއް ސީރިއަސްކަން އިޙްސާސް ވުމުން އެއަރޕޯރޓުން ސީދާގެއަށް އައީ."

"އިށީނދޭ...ކޮޅަށްހުރީ ކީއްވެ!"

ޘަނާ އޭނާގެ އަތުގައި ހުރި ބްރީފްކޭސް ގޮނޑިސެޓްގައި ބަހައްޓާފައި އޭނާވެސް އިށީނދެއްޖެއެވެ.

އަޅުގަނޑު ކުންފުންޏަށް ފޯނު ކުރިން، ކޮންމެފަހަރަކުވެސް އިވެނީ ޚާންއާޞިފްގެ އަޑެވެ.

"ދެން؟"

"ދެން... އަޅުގަނޑު ފޯނު ބާއްވަނީ."

އާނ... އަނާ ދިގު ނޭވާއެއްލިއެވެ.

"އަހަރެން ހުރިހާ އެއްޗެއްސެއް އަނބުރާ އެ މީހުންނަށް ދިނީ ..މިހާރު އަހަރެން މި ގޭގައި މި އިނީ ހަމައެކަނި ކަލޭގެ އިންތިޡާރުގައި..އެހެންނޫނީ ކަލެއަށް އަހަރެން ހޯދަން އުނދަގޫވެދާނެތީ.."

"މި ހުރިހާ ކަމެއްވީ ކިހިނެއްތޯ؟'

'މިކަންތަކުގައި އަހަރެން ބަލިވީ...' އަނާގެ އަޑުގައިވަނީ ނުކުޅެދުމުގެ އަސަރެވެ.

'ކޮން ކަންތައްތަކެއްގައިތޯ؟"

"ދިރިއުޅުމުގެ ކަންތައް، އަހަރެންގެންގެ މުސްތަޤްބަލާބެހޭ ކަންތައް އަހަރެންގެ ފިރިމީހާ އަތުލަން ބޭނުންވި އަހަރެންނަކަށް ނުވި... އޭނާވަނީ ހަމައެކަނި މުދަލުގެ ދަހިވެތިކަމުގައި، މުދަލަށް ބަޑުހައި ގެންފައި... އެހެންވީމާ އަހަރެން އޭނާއަށް އެމުދާތައް އަނބުރާ ދިނީ."

ޘަނާ އިނީ ދަތުރުވަރުބަލިވެފައެވެ. އެހެން ކަމުން ގޮނޑީގައި ރަނގަޅަށް ލެނގިލާފައި ސިނގިރޭޓެއް ރޯކޮށްލިއެވެ.

"ކަލާގެ ކައިރީގައި ވާހަކައެއް ނަންގަންނަންޖެހޭ!"

"ބުނޭ... ބުނަންވީ ކޮންމެ އެއްވެސްބުނޭ!"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.