އަނާ - 54

(3 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންބުނެފައި ޘަނާ ސައިތަށި ނަގައިފިއެވެ. އަދި ދެ މީހުން ސައިބޯން ފަށައިފިއެވެ. ސައިތަށި ހުސްކޮށްލާފައި ޘަނާ ތެދުވެއްޖެއެވެ.

ވާތްފަރާތުން ކަނުގައި ހުރި ކޮޓަރި އަނާ ބުނެލިއެވެ. އަނާ ފުން ނޭވާއެއްލާފައި އޭނާ އަޓުގައިހުރި ސައިޖޯޑު މޭޒުމަތީގައި ބެހެއްޓިއެވެ. އޭނާ ވަރަށް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އެ ވިސްނުމުގެ  ތެރޭގައި އޭނާއަށް އިނދެވުނީ ކިހައިއިރަކު ކަމެއް ޚުދް އޭނާއަށްވެސް ނޭނގެއެވެ. އޭނާއަށް ހޭވެރިކަންވީ މާޖިދު އޭނާއާ ވާހަކަ ދައްކަން ފެށުމުންނެވެ.

"އަހަރެން ހުންނާނީ ކޮންކަހަލަ ކޮޓަރިއެއްތަ؟ ކަލޭ މިގޭގައި ހުންނަންބޭނުންވަނީ ކީއްވެގެން؟ އަހަރެން މި ގޭގައި ހުރެގެން ނުވާނެތަ؟ މި ގޭގައި ހުރެގެން ނުވާނެ.... ދެންއެހެންވިއްޔާ އަހަރެން ހުންނާނީ ކޮންތާކު؟ ކަލޭގެ ބައްޕަ ޚާންއާޞިފްގެ ކައިރީގައި! އެކަމަކު އެއީ ކީއްވެގެން...." މާޖިދު ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"އެއީ ކަލޭގެ އީމާނަކީވެސް އަދި ކަލޭގެ އަމުރުވެރިޔަކީވެސް އަދި ކަލާގެ ސާހިބަކީވެސް އޭނާކަމަށްވާތީ!"

އަނބިމީހާގެ ޙާއްޤެއްވެސް އަދި ހައިސިއްޔަތެއް ވެސް އޮންނާނެ މީގެ ކުރިން އަހަރެންނަށް އެކަން ނޭންގުނަސް މިހާރު އަހަރެންނަށް އެކަން އެނގިއްޖެ. އަދީ މީގެ ފަހުން ދެން އަހަރެންނަށް އަނބިމީހާއާ ދުރުގައި ނުހުރެވޭނެ."

"ޒުމައްރަދުގެ ކައިރިއަށްދޭ އޭނާއަކީވެސް ކަލޭގެ އަނބެއްނު! އަހަރެން ބޭނުމީ ޒުމައްރަދު ކައިރީގައި ހުންނާކަށްނޫން... ކަލޭކައިރީގައި ހުންނަން އެހެނީ އަހަރެން ބޭނުމީ ކަލޭ އަހަރެން ލޯބިވީ ކަލޭދެކެ. އަދި އަހަރެން އަމިއްލައަށް އަހަރެންގެ މީހަކަށް ހެދީ ހަމަކަލޭ... ތިޔަހެން ތިޔަ ކަންތައް ހުރިކަމަށްވިޔަސް އަހަރެން ބުނާނީ ކަލޭ ކަލޭގެ ބައްޕަ ކައިރިއަށް ދާށޭ...މި ގޭގައި ހުރެގެން ކަލެއަށް އެއްވެސް އެއްޗެއް ނުލިބޭނެ."

މާޖިދު ވަރަށް ފުން ނަޒަރަކުން އަނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"އަނބިމީހާ ކައިރީގައި އުޅުންބިނާވެފައި އޮންނަނީ އެއްޗެއް ލިބުމުގެ ނުވަތައެއްޗެއްގެ ގެއްލުމުގެ މައްޗަކަށް ނޫން.އެގޮތުން އަހަރެން ވާހަކައެއް ބުނަންތަ އަނާ! މިހާރުދެން އަހަރެން ކަލެއާ ދުރުގައެއް ނުހުންނާނަން އަހަރެން މިއައީ ބައްޕައާ ދިމާއަށް ބައްޕަގެ ކަންތައްތަކާ އަހަރެން އެއްވެސް ގުޅުމެއް ނޯންނާނެއޭވެސް ބުނެފައި އަދި އަހަރެންނަކީ އޭނާގެ އިޝާރާތަށް ނަށާނޭ ގޮނޑިކޮއްކޮއެއް ނޫނޭ ބުނެފައި. ތިޔަ ދައްކަނީ ހާދަ އަޖައިބުވާކަހަލަ ވާހަކަތަކެކޭ!"

"ކަލޭ އަހާހިތްނުވަނީތަ!"

"އަހަރެން އަހާހިތެއް ނުވޭ އަދި ކީއް؟ އަހަރެން ކަލޭގެ ވާހަކަ ތަކަށް އިތުބާރެއް ނުކުރަން އެއީ ކީއްވެގެން؟ ހަރުފައެއްގެ ދަރިއެއް ވާނީ ހަމަ ހަރުފައަކަށް."

"ތިޔަ ތަޅަނީ ކޮން އަނގައެއްތަ؟"

މާޖިދު ރުޅި އަތުވެއްޖެއެވެ. އަނާ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ގެނައެވެ. އަދި މާޖިދާ ދިމާއަށް ބަލަން އިނދެ ބުންޏެވެ. ކަލޭ... ކަލޭ ތިޔައީ އަހަރެންގެ ޤާޠިލް ކަލޭމެން ތިޔަ ތިބީ އެކުއްޖާފުޅަށް ޒަހަރުދީގެން މަރާލާފައި ތިޔަ ދައްކަނީ ކޮންހާ ބިޔާނުދާ ވާހަކައެއް! "މާޖިދު ހަޅޭއްލަވައިގަތެވެ.

ހަމައެކަނި އެމަޢުސޫމް ކުއްޖާފުޅެއް ނޫން. އަހަރެންނަށްވެސް ޒަހަރުދިން ނަމަވެސް ވަގުތުގައި މެޑިކަލް ފަރުވާ ލިބުނީތީ އަހަރެން ސަލާމަތްވީ... އަހަރެންނަށް މިކަންހާމަ ކޮށްދިނީ އަހަރެންގެ ޑޮކްޓަރ އޭނާ ބުނިގޮތުގައި ކިރާއެއްކޮށްގެން ނުވަތަ ކާއެއްޗެއްސާ އެއްކޮށްގެން އަހަރެންނަށް ޒަޖަރުދީފައިހުރީ އަހަރެން ހިތްވަރާ ހިފެހެއްޓުންތެރިކަން ނިކަން ބަލާލަބަލަ އަހަރެން މިހާތަނަށް ޗުއްޕުވެސް ނުބުނެމީނީ މަންމައެއްގެ ކިބައިން އޭނާގެ ކުށެއް ނެތް ކުޑަދަރިފުޅެއް އަތުލައިގަތީ ނަމަވެސް...

އެ މަންމަ ކެތްކޮށްގެން އިނީ ކަލޭމެން ދެބަފައިންގެ މައްޗަށް ދެމީހުން މެރިކަމުގެ ކުށް ތުހުމަތުކުރެވޭނެ ކަމަށް އަހަރެންގެ ޑޮކްޓަރބުނި އަދި އެ މައްސަލަ ނަގަން އޭނާ ނުހަނު ބާރުވެސްއެޅި ނަމަވެސް އަހަރެން އެކަން ޤަބޫލުނުކުރީ އަހަރެންބޭނުންވަނީ ކަލޭމެންގެ އަނިޔާގެ އިންތިހާއަށް ދިއުމަށް އަދި އަހަރެން ކެތްތެރިކަން އިމްތިހާނުކުރުމަށް އަދި މިހާރު އަހަރެންމީނީ ކަލޭމެންގެ ކިބައިން ނާއުއްމީދުވެ ވަރުބަލިވެގެން ކަލޭމެންނާ ދުރަށްގޮސް ވީމާ މިހާރު ދެން އަހަރެން ދިރިއުޅުނަދީ ހަމައެކަނި ކަލޭމެންގެ ނިމުން އަހަރެންގެ ދެ ލޮލުން ދުށުމަށްޓަކައި. އަހަރެން ދިރިއުޅުނަދީ އަހަރެންމިބުނީ މާތްރަސްކަލާނގެ ގަންދީފައި އަހަރެންގެ ދަރިފުޅު ޙިނާއަށް ޒަހަރުދީގެން މަރާލިކަމާއި އަހަރެންވެސް މަރާލުމަށްޓަކައި ޒަހަރުދިންކަން ބިއްލާއަށް އެނގިއްޖެނަމަ ކަލޭމެން އެންމެންގަޔަށް ބަޑިޖަހާ މަރައިގެން ކަލޭމެންގެ ކާބަފައިންވެސް ރޮމުން ތެދުވާހާ  ފުނުގައި ކަލޭމެން ވަޅުލާނޭކަން ޔަޤީން ނަމަވެސް އަހަރެން އޭނާއަށް މިކަމެއް ނާންގަން އަދި މިހާރު އަހަރެން ކަލޭގެ ކިބައިން މިއެދެނީ މި ތަނުން ދިޔުމަށް މި ގޭގައި ހުންނަން މަސައްކަތް ނުކުރުމަށް އަހަރެންނަކީ ރޯގާއެއް ބައްޔެއް ހިތްދަތިކަމެއް. އަހަރެން ދުނިޔޭގައި ދިރިމިހިރީ ހަމައެކަނި ޤުދުރަތްގެ ތެދުވެރި އިންސާފެއް ފެނޭތޯ ކަލޭމެން އަތުން މުދާތައް އަތުލައިގެން މިއުޅެނީ ކަލޭމެން އެމުދާތައް މެދުވެރިކޮށްގެން އިތުރު މީހުންގެ ދިރިއުޅުންތައް ގަތަ ނުދިނުމަށް".

އަނާ ނޭވާއެއްލާންވެގެން ވާހަކަ ހުއްޓާލިއެވެ.

"ކަލޭ ތިޔަބުނީ ހަމަތެދެއްތަ! ޒަހަރުދިން ވާހަކަ އެއީ ހަމަ ތެދެއްތަ!" އޭނާ އަޑު  ތުރުތުރު އަޅައެވެ. އަދި އޭނާގެ މޫނު އަނގުރުކޮޅެއްހާ ރަތްވެއްޖެއެވެ.

"އަހަރެން މިބުނަނީ ތެދެއްހޭ ކަލޭ އެހުމުގެ ބޭނުމަކީ ކޮބާ؟" އަނާ ތުންފިއްތާލާފައި ބުންޏެވެ. މާޖިދު ވާހަކަ ނުދެއްކިފައި އިނެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ވަރަށް ބާރަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އަނެއްކޮޅުން އަނާ ފުންނޭވާއެއްލިއެވެ. އަދި ގައިގެ ބާރުދޫކޮށްލާފައި ގޮނޑިގައި ލެނގިލިއެވެ.

އެ ވަގުތު އޭނާއަށް އިޙްސާސްވަމުންދަނީ މިޒަހަރު ދިނުމުގައި މާޖިދަށް ނޭނގި ހިންގާފައިފައިވާ ކަމެއްކަމުގައެވެ. މާޖިދަށްވެގެން ދިޔަގޮތް ފެނިފައި މިކަމުގައި އޭނާ އޭނާގެ ބައްޕަޔާ ބައިވެރިވެފައި ނުވާކަން ސާފުކޮށް އެނގިފާޅުވިއެވެ. އަދި އޭނާ ކޮޓަރިން ނުކުމެގެން އެދިޔަގޮތަށް ވިސްނާލީމާ އެނގުނީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ވަރަށް ވަރުގަދަ ތޫފާނެއް އުފެދިގެން ދިޔައީކަމެވެ.

އަދި އަނާވެސް ބޭނުންވަނީ އެގޮތަށް ހީކުރާށެވެ. މިނުރައްކައުތެރި އަދި އަނިޔާވެރި ކުށުގައި އެއްވެސް މިންވަރަކަށް  އޭނާގެ ފިރިމީހާ ބައިވެރިވެފައި ނުވާކަމަށް ޔަޤީންކަމާއެކުގައި އަނާއަށް ބުނެވިދާނެއެވެ

މި ޒަހަރު ދިނުމުގައި ވާހަކަ ހާމަކޮށްގެން އޭނާ އައު ހުޅުގަނޑެއް ފެޅީއެވެ. ޙަޤީޤަތުގައި މާޖިދު އަނާ ބޭނުންވާ ކަމަށްވާނަމަ މާޖިދު އޭނާގެ ބައްޕަ ދިރިއުޅެން ދަތިކޮށްލާނެއެވެ. އޭނާ ދެކެންބޭނުންވަނީ އެ ތަނެވެ. ދަރިއަކު އޭނާގެ ބައްޕައާ ދޭތެރޭ ކިހިނެއް ކަންތައް ކުރޭތޯއެވެ. ފަހަރެއްގައި އެދެބަފައިންގެ ހަނގުރާމަ އަނާ އޭނާގެ މަންޒިލާ ކައިރިކޮށްދީފާނެ ކަންނޭނގެއެވެ. ޙަޤީޤަތަކީ ހަމައންމެ އެއްޗެކެވެ. އަނާ މިހާރުވެސް އެދެނީ މާޖިދު އޭނާއަކީ މާޖިދުގެ މީހެއްކަމުގައި ހެދުމެވެ. ނަމަވެސް އެއީ މާޖިދުމެންގެ އަތުން އަނާ މިހާރު އަތުލާފައިވާ ފައިސާތަކަކަށްޓަކައެއް ނޫނެވެ. އަދި ކީއްތޯއެވެ.

އަނތްބެއްކަމުގައި ޤަބޫލުކޮށްގެންނެވެ.

އޭނާގެ ޙަޔާތުގެ ބައިވެރިޔާ ކަމުގައި ދެކެގެންނެވެ. އޭނާއަށް ޙައްޤުވެގެންވީ އަދި މިހާރުވެސް ޙައްޤުވެގެންވާ އަދި އޭނާގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް އޭނާއަށް ދިނުމެވެ. އަނާ ބޭނުންވަނީ އޭނާގެ ހިތްވަރުން މިކަންކަން ޙާޞިލްކުރާށެވެ.

އޭނާގެ ހަށިގަނޑު ތެރޭގައި އޭރު އަދަމުންދަނީ ނަފްރަތުގެ ގަދަ އަލިފާންގަނޑެކެވެ. އެ އަލިފާންގަނޑު ނިވޭނީ އޭނާގެ މަންޒިލާ ހަމައަށް ދެވުނީމައެވެ.

އަދި މިހާރު......

އެ މަންޒިލަކީ ކޮބައި ހެއްޔެވެ؟

އެއީ ކޮންމަންޒިލެއް ހެއްޔެވެ؟

އެ މަންޒިލްވަނީ ކިހާ ދުރުމިނެއްގައި ހެއްޔެވެ؟

އެކަކަށްވެސް ނޭނގެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.