ހައިސިއްޔަތު އެނގޭތަ؟

މިއީ ރައްޓެއްސަކު ފޮނުވި ލިޔުންކޮޅެކެވެ. މަތީގައި ލިޔެފައި އޮތީ މިއީ ކާކުގެ ލިޔުމެއް ކަމެއް ނޭނގޭ ކަމުގައެވެ. ލިޔުންކޮޅު ކިޔައިލުމާއެކު ތަރުޖަމާކޮށްލާ ހިތްވީއެވެ.


އަހަރެމެން ނިދީ އެހެން ދުނިޔެއެއްގައެވެ. ހޭލެވުނީ އެހެން ދުނިޔެއަކަށެވެ.
ޑިޒްނީ (ލޭންޑް) ގައި އެ ޖާދޫއެއް ނެތެވެ.
ޕެރިހަކީ މިހާރަކު ލޯބިވެތި ތަނެއް ނޫނެވެ.
ނިވްޔޯރކް މިހާރަކު އެހެން ތަނަކާ ވަކި ތަފާތެއް ނޫނެވެ.
ޗައިނާގެ ބޮޑު ފާރަކީ މިހާރު ހިމާާޔަތްތެރި ކިއްލާއެއް ނޫނެވެ.
މައްކާ އޮތީ ހުހަށެވެ.

ބައްދައިލުމާއި ބޮސް ދިނުމަކީ ހަތިޔާރަކަށް ވެއްޖެއެވެ.
މައިންބަފައިންނާއި އެކުވެރިންނާ ބައްދަލު ނުކުރުމަކީ ލޯބީގެ ނިޝާނަކަށް ވެއްޖެއެވެ.

ބޭނުންވެގެން ދޮޅިއުފުރެމުން ތިޔަދާ ވައި ނުލިބޭ ކަމާއި
ބާރާއި ރީތިކަމާއި ފައިސާއަކީ އަގެއް ނެތް އެއްޗެއްކަން
ހަމަ ކުއްލިއަކަށް އެނގިއްޖެއެވެ.

ދުނިޔެ އޭގެ ހަޔާތް ވޭތުކުރަމުން ދެއެވެ.
ދުނިޔެއަކީ ރީތި ތަނެކެވެ.
ދުނިޔެ ކުރާ ކަމަކީ އިންސާނުން ކޮށިކޮށްޓައް ލުމެވެ.
އެއީ އަހަރެމެންނަށް (އިބުރަތްތެރި) މެސެޖެއް ދިނުމަށްޓަކައެވެ.

“ކަލޭމެންނަކީ (ދުނިޔެއަކަށް) ބޭނުންތެރި ބައެއް ނޫނެވެ.
ކަލޭމެންނާ ނުލައިވެސް ވަޔާއި ވެއްޔާއި ފެނާއި ޖައްވު
ހަމަޖެހިލައިގެން ދިރިއުޅުން ވޭތު ކުރެއެވެ.
ކަލޭމެން އެނބުރި އައިނަމަވެސް ހަނދާން ކުރާށެވެ.
ކަލޭމެންނަކީ (ހަމައެކަނި) އަހަރެންގެ މެހުމާނުންނެވެ.
އަހަރެންގެ ސާހިބުންނެއް ނޫނެވެ.”

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.