ކެރޭން ވެއްޓުނަސް ބްރިޖު މަސައްކަތަށް ބުރުލެއް ނާރާނެ: މިނިސްޓްރީ

ފޮޓޯ: ސަން މީޑިއާ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓުނު ކެރޭނު ނަގައިފި އެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އެ ހާދިސާގެ ސަބަބުން މަސައްކަތަށް ބުރޫއެއް ނާރާނެ ކަމަށާއި ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އެފްކޮންސްއިން މޫދު ޕްލެޓްފޯމެއްގައި ބޭނުން ކުރަމުން އައި ކެރޭނެއްގެ ބޫމް ފެއިލްވެ މޫދަށް ވެއްޓުނީ އިއްޔެ އެވެ.

ތިލަމާލެ ބްރިޖުގެ ދާއިމީ ތަނބެއް ޖެހުމުގެ މަސައްކަތް ކުރަނިކޮށް ހިނގި މި ހާދިސާގައި އެއްވެސް އެއްޗަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް ވަނީ އަރައިފައެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އެކަމާ ގުޅިގެން ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް އަދި އެ ފައިސާ ދައްކަން ފަށައިފައިވާކަމެއް ހާމަކޮށްފައެއް ނުވެއެވެ.

2 ޚިޔާލު

  1. އެއްވެސް އެއްޗަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.?????????

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.