ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްވޯޓެއް ނަގައިނަމަ، ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެ: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަށް ހެދުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ އަށް ކުރެއްވި ދަތުރުފުޅަށްފަހު، މާލެ ވަޑައިގެންފަ އެވެ.

ރައީސް ނަޝިދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެކަން ނުކޮށް ރައްޔިތުން ކައިރިއަށް އަނެއްކާ ދިއުމަކީ އެންނެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތު ކުރަންވީ ކަމަކީ ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށާއި، އެވޯޓު ނަގައިފިނަމަ ނިޒާމު ބަދަލުކުރުމަށް ގިނަ ބަޔަކު ތާއީދުކުރާނެ ކަމަށެވެ.

މީގެ އިތުރުން ނިޒާމު ބަދަލުވެއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިނުގަންނަވާނެކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ތިނަދޫއަށް ނި ކުރެއްވި ދަތުރުފުޅަކީ އެމްޑީޕީ ޕްރައިމަރީއަށް އެމަނިކުފާނުގެ ކެމްޕެއިން ލޯންޗުކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އަޑުތައް ފެތުރިފައިވީނަމަވެސް އެފަދަ އެއްވެސް ކަމެއް މނި ދަތުރުފުޅުގައި ކުރައްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ޔޫމެޓް ސްކޫބާ ޑައިވިންގ ސެންޓަރުގެ ދައުވަތަކަށް، އެ ސެންޓަރުގައި ޑައިވް މާސްޓަރ ލެވެލްއަށް ކިޔަވައިދިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މީގެ އިތުރުން ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވާ، ތިނަދޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ތިނަދޫ ކައުންސިލާ ވެސް ބައްދަލުކުރެއްވި އެވެ.

1 ޚިޔާލު

  1. އަގަނޑުހިތައްރަނީކީންވެގެއްބާއޭރާއްޖޭބައެއްރަތްޔިތުޢްރައިސްނަސީދުދައްކަވާވާހަކަގަބޫލުކުރައްވަނީހަމަގާމުވެސްސުލުހަމަސްސަލަހައްލޯބިކުރަތްވާބޭފުޅަކުނަސީދުދައްކާވާހަކައެއްގަބޫލެއްނުކުރާނެސަބަބަކީއަޅުގަންޑުމެއްއުޅެމުއްއެކުވެރިކަމާއެއްބާވައްތަކައްނަގާލިމީހަކީރައިސްނަސީދު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.