ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

ފޮޓޯ: ޕީއެސްއެމް

ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން މިފަދައިން އިލްތިމާސް ކުރީ މިދުވަސްވަރު، ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވާތީ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ކަމަށެވެ. އަދި ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރަމުންދާތީ ކަމަށެވެ.

އެ އޮފީހުން ބުނީ މީގެ އަސަރު ބޮޑަށް ކުރާނީ އުތުރަށާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން:

* ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލަރޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ބޭރަށް ނިކުންނަންޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
* ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ތުއްތު ކުދިން ބޭރަށް ނުނެރުން
* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
* ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަންކުރުން މަޑުޖައްސާލުން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.