ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
އޭނާ ބަންދުކޮށްފައިވަނީ ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެހެންނަމަވެސް މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތީ ކީއްވެކަން ހާމަވާގޮތް އަދިވަނީ ނުވެފައެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަނީ އެތަނަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.
އެ މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކުރީ އެ ހަރަކާތަށް ހިތްވަރުދިނުމަށް ނިސްބަތްވާ މޭރުމުން ޕީޕީއެމް އޮފީހުން ދިދަ ތަކެއް ބަހާ މަންޒަރު ފެންނަ ފޮޓޯތަކެއް ޢާންމުވުމުންނެވެ.
މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރުކޮށް، އެންމެ ފަހުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.