ޕެސްޓިސައިޑްސް ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ހުރި މޭބިސްކަދުރު ރާއްޖެ އެތެރެކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެފްޑީއޭ އިން ބުނީ އިންޑިއާގެ "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ޕޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަޑް އަންގާފައިވާ ކަމަށެވެ.
އެ އުފެއްދުން ހޯލް ސޭލްކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ "ގްލޯބަލް ގްރީން ޓީމް" އިން ކަމަށް ވެސް އެމްއެޕްޑީއޭ އިން ބުނެއެވެ.
އެ އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ގެ ލޮޓް ނަންބަރު: L-21.099 0001 05, GGN: 4049929236608, 4056186631107 ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.