ހިސާބު ނަންބަރު
އެއްވަނަ ކުލާހުގެ ހިސާބު ޓެސްޓެއް ކުރިއަށް ދަނީއެވެ. ދަރިވަރު ހުރީ މުދައްރިސުގެ ކުރިމަތީގައި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައެވެ. ކުއްޖާގެ މަންމަ ހުރީ މުދައްރިސުގެ ފުރަގަހުގައި ކޮޅަށެވެ.
މުދައްރިސު ފުރަތަމަ ސުވާލު ކޮށްލިއެވެ. "ދޭކާއި ދޭކާ އެއްކުރީމާ ވާނީ ކިތަކެއް؟"
ފުރަގަހުގައި ހުރެގެން މަންމަ އަތުގެ ހަތަރު އިނގިލި ދައްކައިލިއެވެ.
ދަރިވަރު ޖަވާބު ދިނެވެ. "ހަތަރެއް."
މުދައްރިސު ބުންޏެވެ. "ވަރަށް ރަނގަޅު. ތިނަކުން ދޭއް ކެނޑީމާ އޮންނާނީ ކިތަކެއް؟"
މަންމަ އެއް އިނގިލި ދައްކައިލިއެވެ.
ދަރިވަރު ޖަވާބު ދިނެވެ. "އެކެއް."
މުދައްރިސު ބުންޏެވެ. "ވަރަށް މޮޅު. ދެން ނިކަން ބުނެބަލަ. އެކަކުން އެކެއް ކެނޑީމާ އޮންނާނީ ކިތަކެއް؟"
މަންމަ ޝަހާދަތް އިނގިއްޔާއި ބޮޑުވާއިނގިލި ޖައްސައިފައި ވަށް ބުރެއްގެ ސިފަ ދައްކައިލިއެވެ.
ދަރިވަރު ޖަވާބު ދިނެވެ. "ލޯވަޅެއް."
ކުނި ވަށިގަނޑު
އެމެރިކާ އަންހެނަކު ގޭ ފާރުމަތީގައި ހުއްޓައި ކައްސާލައިގެން ވެއްޓިއްޖެއެވެ. ގޮސް ޖެހުނީ މަގުމަތީގައި ބަހައްޓައިފައި ހުރި ބޮޑު ކުނި ވަށިގަނޑުގެ ތެރެއަށެވެ.
އެ ވަގުތު އެ މަގު ހުރަސް ކުރި ބީރައްޓެހި ގައުމެއްގެ މީހަކަށް މި އަންހެންމީހާ ކުނިވަށިގަނޑުގައި އޮއްވައި ފެނިގެން އޭނާގެ އެކުވެރިޔާގެ ގައިގައި ކޮއްޓައިލައިފައި ބުނެލިއެވެ. "އެމެރިކާ މީހުން މިއީ ހާދަހާ އާދަޔާ ޚިލާފު ބައެކޭ. ބޭނުން ކެނޑުނީމާ އަނބިދަރިންވެސް އުކައިލަނީ ދޯ؟"