މާލެއިން ލ.އަތޮޅަށް ފުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިވެއްޖެ

މާލެއިން ފުރައިގެން އަށާރަ މީހުންނާއެކު ލ.އަތޮޅަށް ދަތުރުކުރަމުން ދިޔަ "މަތަންގީ" ނަމަކަށްކިޔާ ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުގެ ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ.

ވާދޫ ކަނޑުން މިބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓުންވަނީ އެސަރަޙައްދަށް ދަތުރުކޮށްފައެވެ. މިޙާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:00 ގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގައި ބޯޓު ކަފުޖަހައިގެން ތިލަފުއްޓަށް ގެންދިއުމާއެކު، ކޯސްޓްގާޑް ލޯންޗެއްގައި ވަނީ އޭގައިތިބި 11 މީހުން މާލެގެނެސްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޯޓު އިންޖީނު ހުއްޓުނީ ބޯޓުގެ ލޮނުފެން ޕަމްޕުގެ މައްސަލައެއް ޖެހިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.