ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެ އަތޮޅު ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިޙާދިސާގައި އެރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ވީނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެފަރާތުން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ 2:48 އެހާކަންހާއިރުކަމަށް އެފަރާތުން ވިދާޅުވެއެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ ލޯންޗަށް ރިސޯޓަށް  ދެވިފައިވުނީ ރޭ ފަތިހު 4:33 ހާއިރުކަމަށާ  އަލިފާނގަޑު މުޅިން ނިންވާލެވުނީ ރޭ ފަތިހު 05:39 އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޙާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ރީތިރަށް ރިށޯޓްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފުން ފާހަގަކުރެއްވިއެވެ.

އެމްއެންޑީއެފުން ވިދާޅުވާގޮތުގައި މިޙާދިސާ ހިނގާފައިވަނީ ވަރު ރިސޯޓުގައި ބަނގުރާ ރައްކާކުރާ ގުދަނުގެ ފުރާޅުގައި ރޯވެގެންނެވެ. މިހާދިސާގައި އެ ރިސޯޓްގެ ވަޑާންގެ ވަނީ އަނދާ ހުލިވެފައިކަމަށާ އަދި އެތަނާ އިންވެގެން ހުރި މުވައްޒަފުން ތިބޭ ބައެއްވެސް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.