އިސްލާމްދީނާ ދެކޮޅު އަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ހަދަންޖެހޭ ކަމުގައި މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ޝައިޚް ޑޮކްޓަރ އަޙްމަދު އައްޠައްޔިބު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގުތައި އިތުރު ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމަކީ ޝުޢޫރުތަކާއި ކުޅުމާއި، ފިތުނަ އުފެއްދުމާއި، އިސްލާމްދީނާ މެދު އޮތް އަދާވާތްތެރިކަން ދެއްކުމަށް ކުރާ ކަމެކެވެ.
1000 އަހަރު ކުރިން ދީނީ މަދަރުސާއެއްގައި އުފެދުނު ޔުނިވަސިޓީގެ އަދި ސުންނީ މުސްލިމުން ދީނީ އެންމެ މަތީ އިމާމު ކަމުގައި ބެލެވޭ ޝައިޚުލް އަޒްހަރު މިހެން ވިދާޅުވެފައިވަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
"ފަރަންސޭސީ މުދައްރިސު މަރާލުމަކީ ހިތާމަވެރި ހާދިސާއެއް. އެހެނަސް، އިންތިޚާބުގައި ވޯޓު އިތުރުކުރެމުގެ ވަސީލަތެއްގެ ގޮތުގައި މުސްލިމުންނާއި އިސްލާމްދީށް ފުރައްސާރަކުރުމަކި އެއަށްވުރެ ބޮޑަށް އަހަރުމެން ހިތާމަކުރާ ކަމެއް. މުސްލިމުންނާ ދެކޮޅަށް އަދާވާތްތެރިކަމު އަމަލުހިންގުމަކީ ކުށެއް ކަމުގައި ހެދެމަށް އަހަރުމެން ތާއީދު ކުރަން." ޑރ. އަޙްމަދު އައްޠައްޔިބުގެ ޚިޠާބުގައި ވެއެވެ.
"އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ނަބިއްޔާއަށް އޮތް ލޯބި އާލާކުރުން. އަދި އަހަރުމެގެން އަމިއްލަ ނަފުސާއި ދަރިން އެކަލޭގެފާނުގެ ހައްގުގައި ގުރުބާންކުރުން. މިނިވަންކަމާއި ސަގާފީ ތަރިކައެއް އޮތްކަމުގެ 'ލަވަކިޔާ' ގައުމުތަކުން ފިތުނަ އުފައްދަން މަސައްކަތްކުރާތީ އަހަރުމެން ހައިރާންވަން." އަޒްހަރުގެ ޝައިޚް އިތުރަށް ވިދާޅުވެފައި ވެއެވެ.
"އަހަރުމެން މިއަދު މި ފާހަގަ ކުރަނީ ވަކި މީހަކާ ގުޅޭ ދުވަހެއް ނޫން. އަހަރުމެން މި ފާހަގަ ކުރަނީ އިލާހީ ނޫރު މުޅި އިންސާނިއްޔަތަށް ތަޖައްލީވީ މުނާސަބަތު." އޭނާ ވިދާޅުވިއެވެ.