އިންޑިއާ ސަރުކާރުން އައްޑޫގައި އަޅާ ޕޮލިސް އެކެޑަމީގެ މަސައްކަތަށް އެޤައުމުން އައި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވު މީހުންނާއެކު އެ ކްލަސްޓަރއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 56 އަށް އަރައިފިއެވެ.
ޕޮލިސްއެކަޑަމީގެ މަސައްކަތަށް މިދިޔަ މަހު 13 ވަނަ ދުވަހު އައި އިންޑިއާގެ 128 މީހުންގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވީ 53 މީހެކެވެ. ނަމަވެސް އެ މީހުންނާ ކޮންޓެކްޓްވި އެތަނުގެ ސެކިޔުރިޓީ ގާޑަކާއި އެނޫން ވެސް މަސައްކަތް ކުރާ ކުންފުނީގެ ބައެއް މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ސެކިޔުރިޓީ ގާރޑްގެ އިތުރުން ޕޯޒިޓިވްވެފައިވަނީ ކުންފުނީގެ ވާރކްސައިޓްގައި ހުންނަ އެކޮމަޑޭޝަންގައި ހުރި މީހަކާއި ފަހުން އައްޑުއަށް ދިޔަ އެކުންފުނީ އަށް މީހުންގެ ތެރެއިން އެކަކެވެ. ވާރްސައިޓްގައި ހުންނަ އެކޮމަޑޭޝަނުން ޕޮޒިޓިވްވި މީހަކީ ފުރަތަމަ ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓްވެފައިވާ މީހެއްކެވެ.
އެކްލަސްޓަރ އިން މިހާތަނަށް 377 ހަތް މީހުންގެ ސާޕްޕަލް ނަގައިފައިވާއިރު އޭގެތެރެއިން 53 ޕޮޒޮޓިވްވެފައިވާއިރު 85 ސާމްޕަލެއް ނެގެޓިވް ވެފައިވާކަމަށް ޑރ ނަޒްލާވިދާޅުވިއެވެ. އަދި ނަތިޖާ ނުލިބޭ ސާމްޕަލްވެސް އެބަހުރިކަމަށް ޑޮކްތަރ ނަޒްލާ ވިދާޅުވިއެވެ. ޕޮލިސްއެކަޑަމީ ކްލަސްޓަރއިން ނެގި ސާމްޕަލް ތެރޭގައ އެތަނުގެ މެއިން ވާރކްސައިޓުން ނަގަފައިވާ 230 މީހުންގެ ސާމްޕަލާއި ފުރަތަމަ ކަރަންޓީން ރިލީސް ސާމްޕަލްނެގި 128 މީހުންގެ އިތުން ފަހުން އެތަނުގެ މަސައްކަތަށް ދިޔަ އަށް މީހުން ހިމެނެއެވެ.
ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައި އިންޑިއާގެ މީހުން ކަރަންޓީންވެފައި ތިބިއިރު އެކުންފުނީގެ ބައެއް މީހުން އެމީހުންގެ ގާތަށް ގޮސް ކަރަންޓީންގެ އުޞޫލާވެސް ޚިލާފުވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ފުލުހުންނަށް ހުށަހެޅައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.