ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 8000 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިރޭ އާއްމުކުރި މައުލޫމާތުގައި ވާ ގޮތުން މިއަދުގެ އިރު އޮއްސި ހަޔެއް ޖެހުމާ ހަމައަށް ރާއްޖެއިން ކޯވިޑް ޖެެހުނު މީހުންގެ ޖުމުލަ އަދަދަކީ 8003 އެވެ. މިއީ މިއަދު ބަލިޖެހުނު 199 މީހުންނާއެކުއެވެ.
މިއަދު ބަލިޖެހުނު 199 މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. ދިވެހީންގެ 145 މީހަކު މިއަދު ކޯވިޑަށް ޕޮޒިޓީވް ވެފައިވެއެވެ. މީގެ އިތުރަށް މިއަދު ބަލި ޖެހުނީ ބަނގްލަދޭޝްގެ 42 މީހަކައި އިންޑިއާގެ 2 މީހަކާއި ސްރީލަންކާގެ 3 މީހަކާއި އެމްރިކާގެ ދެ މީހަކާއި ޗައިނާ މީހަކާއި ޖަޕާނު މީހަކަށެވެ. މި މީހުންގެ ތެރެއިން 168 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒޓިވް ވި މީހުންނެވެ. އަނެއް 33 މީހުންނަކީ ރަށްރަށާއި ރިސޯޓުން ޕޮޒިޓިވް ވި މީހުންނެވެ.
ބަލޮި ފެތުރެން ފަށައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 5265 މީހަކު ބަލި ފަސޭހަވެފައިވާއިރު ބަލި ފަސޭހަ ނުވެ ތިބީ 2703 މީހެކެވެ. މީގެ ތެރެއިން 162 މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންނެވެ.
މި ބަލީގައި މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.