
ރައްޔިތުނާއި މެމްބަރުންގެ އުއްމީދާ އެއްވަރަށް މަސައްކަތް ކުރުމުގެ މިނިވަންކަން ނެތްކަމަށް އެންރަޔަރަމަންޓަލް ޕެރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އީޕީއޭގެ ޑީޖީ ވިދާޅުވީ އެތަނުގެ މަސައްކަތަށް ކުރިން ޕްރެޝަރ އޮތްވަރާ ޤާތަށް ވެސް މިހާރު ޕްރެޝަރ ނެތްކަމަށެވެ ނަމަވެސް މަސައްކަތް ކުރުމަށް ބޭނުންވާ ބެޖެޓާއި ވަޞީލަތް ނެތުމުގެ ދަތިކަންހުރިކަމަށެވެ. އޭނާ ވިދާޅުވީ އެއެޖެންސީގެ މުވައްޒަފުންނަށް ލިބެނީ ހަމައެކަނި މުސާރަކަމަށެވެ. މަސައްކަތް ކުރަން ބޭނުންވާ ވަޞީލަތްތައް ހޯދަންޖެހެނީ މިނިސްޓްރީން ނޫނީ ކޮންމެވެސް އެހެންތަނެއް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން އެމަސައްކަތް އެކަށީގެންވާ ވަރާ ގާތަށްވެސް ނުކުރެވޭކަން ފާހަގަ ކުރެއްވިއެވެ.
"ހަމައެކަނި މުސާރަ އަޅުގަނޑުމެނަށް ބަޖެޓުން ހަމަޖެހެމުންދަނީ ސާރޭވޭތައް ކުރުމަށް ބޭނުންވާ ވަޞީލަތައް ހޯދަން ޖެހެނީ މިނިސްޓްރީ ނޫނީ ކޮންމެ ވެސް އެހެން ފަރާތެއްގެ އެހީގައި. އެހެންވީމާ މެމްބަރުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ފަންކްޝަންކުރުމުގައި ވަރަށް ބޮޑު ތަކިކަން އެބަހުރި ރިސޯސް މަދުކަމުން. ފުރިހަމަ މިނިވަންކަމާއެކު އެކަށީގެންވާ ރަނގަޅު މަސައްކަތެއް ކުރެވޭނީ މިސަރުކާރުގެ ވާޢުދާއެއްގޮތަށް އީޕީއޭ މިނިވަން ކޮށް، އަދި ސަރުކާރުން ބޭނުންވާ ސްޓައިލަކަށް މިނިވަން ކޮށްގެން ނަމަވެސަ މިނިވަން ތަނެއްގެ ގޮތުގައި ހިންގައި ގެން" ޑީޖީ ނަޢީމް ވިދާޅުވިއެވެ.
ވިހާވެސް ބޮޑަށް މަޢުލޫމާތު ހާމަކުރުމަށް މިނިސްޓްރީން އެދެމުންދާކަމަށް ޑިޖީ ވިދާޅުވިއެވެ. ނަމަވެސް ތަންތަނަށް ގޮސް ޙާލަތު ދެނެގަތުމަށްފަހު މަޢުލޫމާތު ހާމަކުރުމަށް އިޕީއޭއިން ބޭނުންވާކަށެވެ. އަދި އެންމެ ރަނގަޅު ގޮތަކަށް ވާނީ ވެސް އެހެން އެކަންކުރުން ކަމަށް މިނިސްޓްރީއަށް ދަންނަވައިފައި ވާނެ ކަމަށް ޑީޖީ ވިދާޅުވިއެވެ.
" ބައެއް ކަހަލަ މަޢުލޫމާތަކީ ކޮންސަލްޓެންޓް ދޭ މަޢުލޫމާތަށް ވެފައި އެނެއްކޮޅުން ވަރަށް ބައިވަރު ޝަކުވާތައް އަންނަ ހިނދެއްގައި މަޢްލޫމާތު ބަލާ ވެރިފައިކޮށްފައިނޫނީ ބައެއްފަހަރު ބައެއް މަޢުލޫމާތު ހާމަކުރަން އަޅުގަނޑުމެންނަށް ނުފެންނަކަމަށް ދަމަންނަވަމުން ގެންދަން " ޑިރެކްޓަރ ޖެނެރަލް ނަޢީމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެނަވަރަންމަންޓް މިނިސްޓަރ ޑރ ޙުޞައިން ރަޝީދު ވަނީ ގުޅިފަޅުގެ މަޝްރުޢާ ގުޅިގެން މަޢުލޫމާތު ހާމަކުރުމަށް އެމިނިސްޓްރީން އީޕިޢޭގައި ދެންނެވުމުން ޑިރެކްޓްރ ޖެނެރަލް އެކަމަށް ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވެފައެވެ. އެމައްސަލައި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އީޕީއޭގެ ޑިރެކްޓަރ ޖެނެރަލަ އަށް އިދާރީ ގޮތުން ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އެކަން އެގޮތަށް ހިނގައިފައި ވަނީ މިނިސްޓަރ ވަކިކޮތަކަށް އިރުޝާދު ދީގެން ނޫންކަމަށެވެ. އެކަމަށް މިނިސްޓަރ އިރުޝާދެއް ދެއްވަން ޖެހިވަޑައިގަންނަވާކަމަށްވެސް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ވަކި ގޮތަކަށް އެމަޝްރޫޢު ދެއްކުމަށް ވެސް މަސައްކަތް ކުރައްވައިފައި ވެސް ނުވާނެކަމަށް ވިދާޅުވިއެވެ.
އެންވަރަމަންޓް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރާއި އޭނޫންވެސް ކަމާބެހޭ މުއައްސަސާތައް މަޖިލީހުގެ އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ޙާޒިރުކުރެއްވީ ގުޅިފަޅު މަޝްރޫޢާ ގުޅިގެން ދިމާވާ ތިމާވެށީގެ މައްސަލަތައް ދިރާސާ ކުރެއްވުމަށެވެ.