މާލެއިން މިއަދު ފަނަރަ މިހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރެއިން 13 މީހުންނަކީ ބަނގްލަދޭޝް މީހުންނެވެ. އަނެއް ދެ މީހުންނަކީ އިންޑިއާ ދެ މީހުންނެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރެއިން ކޭސް-37 އަކުން ކޭސް-49އަކީ ބަނގްލަދޭޝް ރައްޔިތުންނެވެ. މި 13 މީހުންނަކީ ކޭސް-27އާ ގުޅުން އޮތް މީހުން ކަމަށް އެޗްޕީއޭއަށް މިހާރުވަނީ ހޯދިފައެވެ. ކޭސް-50 އާއި ކޭސް-51އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ކުރަމުން އެބަދެއެވެ.
އެޗްޕީއޭއިން ދަނީ ޕޮޒިޓިވް ވި ފަނަރަ މީހުން އެކަހެރި މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.
މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މާލެއިން ޕޮޒިޓިވް ވި މީހުންގެ އަދަދުވަނީ 31އަކަށް އަރާފައެވެ.