ލޮކްޑައުންގައި ރައްޔިތުންނަށް ކާބޯތަކެތީގެ ބާވަތްތައް ޑެލިވަރީ ކޮށްދިނުމުގައި އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދިމާވި ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ދެއްވައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރޝިފާވިދާޅުވީ ލޮކްޑައުންގެ ވަގިތުގައި އާއްމުންނަށް ޑެލިވަރީ ޚިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެ މައްސަލަ އަށް ހައްލެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ކަންމަތީފިހާރަކުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވާ ފިހާރަތަކާއި ސިޓީކައުންސިލްގައި ކުރިންފެށިގެން ޑެލިވަރީގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީވެފައިވާ ފިހާރަތަކަށް ފުލުހުން ފާސް ދޫކުރައްވާނެކަމަށެވެ. އެ ފާސް ލިބޭނީ ފުލުހުންގެ ޓޯޔާޑުން ކަމަށް މޭޔަ ވިދާޅުވިއެވެ.
ލޮކްޑައުންގެ ވަގުތުގައި މައިގަނޑު ގޮތެއްގައި ދިމާވެފައި ވަނީ ކަންމަތީ ފިހާރަތައް ހުޅުވުމަށް ދާން ދަތިވުމާއި ފިހާރަތައް ހުރިހާ ފާސްތައް ދޫ ނުކުރެވުމެވެ.
މޭޔަރ ވިދާޅުވީ މިހާރު މިއޮތީ އާންމު ހާލަތެއްގައި ނޫންކަމަށެވެ. މި ޚާއްޞް ހާލަތުގައި ކެއިންބުއިމުގެ ކަންތައްވެސް ކުރިއާ ތަފާތު ކޮށް ވަކި ތަރުތީބަކުން ގެން ގެންގުޅެ އިޤްތިޞާދުކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.
ލޮކްޑައުންގެ ވަގުތުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ގުޅޭނެ އިތުރު ނަމްބަރުތަކެއް ޕްރެސް ކޮންފަރެންސްގި ވަނީ ހާމަކުރައްވައިފައެވެ. އެނަމްބަރުތައް ޕްރެސް ކޮންފަރެންސްގެ ފަހުން އާއްމު ކުރައްވާނެކަމަށް ވެސް މޭޔަ ވިދާޅުވިއެވެ. އެނަމްބަރުތަކަށް ގުޅުމުން ނުވަތަ އެސްއެމްއެސް ކުރުމުންވެސް ޖަވާބު ލިބޭނެކަމަށް ވިދާޅުވިއެވެ. ފުރަތަ 24 ގަޑީއިރު ތެރޭގައި މާލެ ނާދެވި ވިލިމާލޭގައި ތާށިވި އާއިލާއަކަށް މާލެ އާދެވާނެ އިންތިޒާމު ވެސް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސަވައި ދެއްވައިފައެވެ.
ލޮކްޑައުންގެ ވަގުތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން މޭޔަރ ޝިފާ ވަނީފާހަގަ ކުރައްވައިފައެވެ.