ރިސޯޓްތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކަށް ވަޑައިގަންނަވާ- ޖާބިރު

ރިސޯރޓްތަކުން ކަނޑާލާ މުވައްޒަފުން މަޝްރޫހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރ ޢަބަދުﷲ ޖާބިރުގެ ކުންފުނިތަކަށް އައުމަށް، އޭނާ އެދިވަޑައި ގެންފިއެވެ. މިކަމަށް އޭނާ އެދި ވަޑައިގެންފައިވަނީ ރިސޯޓްކުގެ މުވައްޒަފުން ކަނޑާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޖާބިރު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ވަޒީފާއިން ކަނޑައިލައިގެން އޭނާގެ ކުންފުނިތަކަށް އަނަން މީހުންނަށް ޙާލަތާ  ބައްދަލު މުސާރަދެއްވާނެކަމަށެވެ.

"ރިސޯރޓްތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކަށް ވަޑައިގަންނަވާ. ޙާލަތާ ބައްދަލު މުސާރަ ދޭނަން. ހާލުގައި ނުޖެހޭނެ. އެހީތެރިވާނަން ހުރިހާފަރާތްތަކަށްވެސް. އެކުގައި މިޙާލަތުން އަރައިގަނެވޭނެ." ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރިސޯރޓްތަކުން މުވައްޒަފުން ކަނޑާނުލުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ވިދާޅުވުމަށް އޭނާ ތާއިދު ކުރައްވާކަމަށެވެ. މުސީބާތުގެ ވަގުތުގައި އިތުރަށް ޙާލުގައި ޖެއްސުމަކީ އިންސާނިއްޔަތާ ޚިލާފު ކެމެއްކަމަށް ވެސް  ޖާބިރު ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގާރަ ހާހަށް ވުރެ ގިނަ ދިވެހިންނަށް ރިސޯރޓްތަކުން ވަޒީފާ ނުލިބޭ ގޮތަށް ތިން ހަތަރު މަހުގެ ޗުއްޓީ ދީފައިވާ ކަމަށް ބުނެ މަޖިލީސް މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.