ކޮވިޑް- 19 އަށް ޕޮސިޓިވް ދެ ދިވެހިނާ ގުޅިގެން 77 މީހެއްގެ ކޮންޓްޓެ ޓްރޭސިންގ ހަދައި 34 މީހުން ކަރަންޓީންގައި

ކޮވިޑް19 އަށް ޕޮޒިޓިވި ދެ ދިވެހިނާ ގުޅިގެން 77 މީހެއްގެ ކޮންޓްޓެ ޓްރޭސިންގ ހަދައި 34 މީހުން ކަރަންޓީންކުރެވިފައިވާ ކަމަށް ކޮވިޑާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ކަނޑައަޅުއްވައިފައިވާ ތަރުޖަމާނު މަބްރޫޤް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރޫޤް ވިދާޅުވީ ޕޮސިޓިވް ދެދިވެހިންނާ ގުޅިގެން 77 މީހެއްގެ ތެރެއިން  ކޮންޓެކްޓް ޓްރޭސިން ހެދި ކަރަންޓީން ކުރަންޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން ކަރަންޓީންކޮށްފައިވަނީ ގޭގައި ކަމަށެވެ. ބާކީ ތިބި މީހުން ކަރަންޓީންކޮށްފައިވަނީ ސަރުކާރުން ގައިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައިކަމަށެވެ.

ކޮވިޑަށް ރާއްޖެއިން ޕޮސިޓިވް ދެ ދިވެހިންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެއައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދެމީހުންނެވެ. ދެ މީހުންގެ ތެރެއިން ފުރަތަމަ ޕޮސިޓިވް މީހާ ނުވަތަ ރާއްޖެއިން 16 ވަނައަށް ޕޮޒިޓިވްވި މިހާ ގުޅިގެން 29 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، އެ އެންމެންވެސް ތިބީ ގޭގައި ކަރަންޓިންކޮށްފައެވެ.

ސަތާރަ ވަނައަށް ޕޮޒިޓިވްވި މީހާ ނުވަތަ ދެވަނައަށް ޕޮސިޓިވްވި ދިވެހި މީހާ ގުޅިގެން 48 މީހަކު ވަނީ ކޮންޓެކްޓް ޓްރޭސިން ހެދިފައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ކަރަންޓިންކޮށްފައެވެ. އެމީހުން ތެރެއިން ބައެއް މީހުން ކަރަންޓީން ކުރެވިފައިވަނީ ކަރަންޓީން ފެސިލިޓީތަކުގައެވެ. އަނެއްބައި މީހުން ގޭގައެވެ.

ސަތާރަ ވަނައަށް ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރީގައި ހުރި މީހާގެ ސާމްޕަލް އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ނަގާފައެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން މިތާނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާ ދެމުންދަނީ ދެދިވެހިންނަށް އެކަންޏެވެ. އަނެއް ދެމީހުންނަކީ، ކަރަންޓީންގައި ހުރުމަށްފަހު ފުރައިގެން ދިޔަފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެފަތުރުވެރިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.