ހޮނޑާފުށީން ވަކިކުރި ޝިމްހާޒަށް ތިންމަހުގެ މުސާރަ ދޭނަން: ޢަލީ ވަޙީދު

ޓޫރިޒަމް މިނިސްޓަރ ޢަލި ވަހީދު: ފޮޓޯ ޓުއަރިޒަމް މިނިސްޓްރީ

ހޮނޑާފުށި ރިސޯޓުން ވަކިކުރި ޝިމްހާޒަށް ތިންމަހުގެ މުސާރަ ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މުސާރަ ދެއްވާނީ އެމަނިކުފާނުގެ މުސާރައިން ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ހޮނޑާފުށިން ޝިމްހާޒު ވަކިކުރުމަށްފަހު އެރިސޯޓުން ބުނެފައިވަނީ އޭނާ ވަކިކޮށްފައިވާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އޭނާ ވަކިކުރީ ސަރވިސް ޗާޖަށް އެރިސޯޓުން ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ނެވެ. އެރިސޯޓުން ބުނެފައިވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި އެރިސޯޓު ސަރވިސްޗާޖުގެ ގޮތުގައި ދެނީ 36 ޑޮލަރު ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވަނީ ހޮނޑާފުށިން ވަކިކުރި މުވައްޒަފާ ބައްދަލުކުރައްވައިފައެވެ. އަދި ކަންހިނގައި ދިޔަ ގޮތް ދެފަރާތުން ވެސް ސާފުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޮނޑާފުށިން ވަކިކުރިން މުއްޒަފު ޝިމްހާޒު ބުނެފައިވަނީ މުސާރާއަށްވުރެ ބޭނުން ވަނީ އިންސާފު ކަމަށެވެ. ޝިމްހާޒު ވަނީ އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުލަން އަށް ހުށަހަޅަން ނިންމައިފައެވެ. މިނިސްޓަރ ޢަލީ ވަހީދު ވަނީ އޭނާއަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ދެއްވާނެ ކަމަށެވެ. ޝިމްހާޒު ވަކިކުރި ކަމުގެ އެއްވެސް ލިޔުމެއް ދީފައެއް ނުވެއެވެ. އެކަމަކު އޭނާ ރިސޯޓުން ފޮނުވާލީ މުސާރަ ދީފައެވެ. މިނިސްޓްރީން ގެންދަވަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.