މަސައްކަތުގެ އަމާޒަކަށް ވާނީ ޤާނޫނުގެ ރޫޙު ނަގަހައްޓައި، އެމް.އެން.ޔޫއިން ޤައުމަށް ކުރާ ހެޔޮ އަސަރުތައް ގަދަ ކުރުން: ޑރ. ޙަސަން

ފޮޓޯ: ރައީސް އޮފީސް

ގައުމީ ޔުނިވަރސިޓީގައި އެ ބޭފުޅާގެ މަސައްކަތުގެ އަމާޒަކަށް ވާނީ "ޔުނިވަރސިޓީގެ ގާނޫނު ނަގަހައްޓައި އަދި ތަނުން ގައުމަށް ކުރާ ހެޔޮ އަސަރު ގަދަކުރުން" ކަމުގައި ޗާންސެލަރ ޑރ. ހަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގެން މުވައްޒަފުންނަށް ފޮނުއްވި އީމޭލް ޓުވިޓަރ ގައި ހިއްސާ ކުރައްވަމުން ޑރ. ޙަސަން ވިދާޅުވި ގޮތުގައި "ވައިސް ޗާންސެލަރު ތަންފީޒުކުރައްވާނޭ އިިދާރީ ހިންގުމުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ގިނަ މީހުން ބައިވެރިކުރުމާއި ގަވާއިދާއި އެއްގޮތަށް ކަންތައްތައް ކުރުމާއި، ކުރާ ކަންކަމުގެ އަޑި ފެނުމާއި، ހަމަހަމަ ކަމާއި ޚަރަދު ކުޑަކަމާއެކު މަންފާ ބޮދު ކުރުމުގެ މަސައްކަތުގައި ވައިސެ ޗާންސެލަރަށް ވާގިވެރިވުން" ވެސް އެބޭފުޅާގެ އަމާޒަކަށް ހައްދަވާނޭ ކަމަށެވެ.

ޓުވިޓަރ ގައި ޑރ. ޙަސަން ޙަމީދު ހިއްސާ ކުރެއްވި މެސެޖު: 

ޑރ. ހަސަން ވަނީ 1998ވަނަ އަހަރުން ފެށިގެން 2015ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް އެ މުއައްސަސާގެ ހިންގުމުގައި ބައިވެރިވެޑައިގެންފައެވެ. އެބޭފުޅާގެ މެސެޖގުައި މިކަންވެސް ފާހަަގަކުރައްވަފައި ވެއެވެ.

އަދި މިއަދު އެތަނުގެ ޗާންސެލަރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ބެފުޅާ އައްޔަންކުރެއްވީ އެ މަގާމަށް އެދި އަމިއްލަފުޅަށް ދަންނަވައިގެން ނުވަތަ ބޭނުންފުޅުވެގެން ނޫން ކަަން ވެސް ފާހަގަކުރެއްވިއެވެ.

އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަގާމު ހާވާލުކުރެއްވެވި ފަރާތް މާޔޫސް ނުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޔުނިވަރިސޓީގެ ވައިސް ޗާންސެލަރުގެ މަގާމަށްވެސް ރައިސުލްޖުމުހޫރއިްޔާ ވަނީ މިއަދު ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ގައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރެއްވި ބޭފުޅެއް ކަމުގައިވާ ޑރ. މުޙައްމަދް ޝަރީފެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.