ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓުމުން އެ ލޯންޗުން ދަތުރުކުރި މީހުންނަށް އެމްއެންޑީއެފުން އެހީތެިރކަން ފޯރުކޮށްދެމުން އެބަދެއެވެ.
"އޯޝަން 20" ނަމަކަށް ކިޔާ ލޯންޗުގެ އިންޖީނު ހުއްޓުނު އިރު އެ ލޯންޗުގައި 175 މީހުންް ތިބިކަމަށް ވެއެވެ. އެ ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަ ކުދިން އަދި ދުވަސްވީ މީހުން އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސީ އެންބިއުލާންސަށް ނަގަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިރޭ ކުރެއްވި ޓުވީޓެއްގއި ވިދާޅުވިގޮތުގައި ސީ އެންބިއުލާންސަށް 128 މީހަކު ނަގާފައިވެއެވެ. އެއީ 56 އަންހެނުންނާއި 54 ކުޑަކުދީންނެވެ. ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް މޭޖަރ ޖެނެރަލް ޝަމާލް އިލްތިމާސްކުރެއްވިއެވެ.
ސީ އެމްބިއުލާންސަށް މާލެ އަދެވޭނީ މިރޭ 10:45 ހާ އިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
(މި ޚަބަރު ވަނީ އަދާހަމަކުރެވިފައި)