ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ވަނުމަކީ ކުރަން ހެޔޮވާވަރު ކަމެއްނޫން: ޖޭޔޫ

ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީގުގެ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

ޖޭޔޫ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީއެންސީ އިން ގެންދަނީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ވައްދަމުން ކަމަށެވެ. "އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޕީޕީއެމާއި ޕީއެންސީ ފުނޑިގެން ދިޔުން،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ސިޔާސީ އެއްވެސް ކުރިމަގެއް ޕީއެންސީން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ޕީއެންސީ އިން ޕީޕީއެމް މެމްބަރުން ޕީއެންސީއަށް ވައްދަމުން ދިޔުމުގެ ނަތީޖާއަކަށް ވާނީ ޕީޕީއެމް އާއި ޕީއެންސީ ފުނޑިގެން ދިޔުން. ޕީއެންސީގައި އެއްވެސް ސިޔާސީ ކުރިމަގެއް ނުފެނޭ. އެއްވެސް ޕީޕީއެމް މެމްބަރެއް ޕީއެންސީއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން،" ޖޭޔޫގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގެ ވަރަށްގިނަ ބޭފުޅުން ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ. އެންމެ ފަހުން ބަދަލުވި އިސް ބޭފުޅަކީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް ކުރިން ހުންނެވި އަޙުމަދު ނިހާން ޙުސައިން މަނިކެވެ.

ޕީއެންސީން ގެންދަނީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.