މުއްރަތު ދަންޖެހެެން އުޅެފި

7232

މަޝްހޫރު ގާނޫނީ ވަކީލު  އަދި ލިއުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލިކަން ޝަރީޢަތަށް ސާބިތުވެގެން މަރަން ޙުކުމްކޮށްފައިވާ ގާތިލް އަހުމަދު މުއްރަތު މާފުށީ ޖަލުގައި މިރޭ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކޮށްފި ކަމަށް މަޢުލޫމާތުލިބިއްޖެއެވެ.

އާފަތިސް އޮންލައިނަށް މަޢުލޫމާތުލިބިފައިވާގޮތުގައި މުއރަތު ހުންނަނީ އޭނާއަަށް ވަކިން ޚާއްސަ ކޮށްފައި ހުންނަ ގޮޅިއެއްގައެވެެ. އެގޮޅީގައި އޭނާ ހުންނަނީ އެކަނިކަމަށްވެެސް މަަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެގޮޅީގައި ހުންނަނީ ކެމަރާ ހަރުކޮށްފައެވެ.

ކަރެކްޝަނަލް ސާވިސް އިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާގޮތުގައި  މުއްރަތު  ޖަލުގޮޅީގައި ދަންޖެހިގެން މަރުވާ އުޅެނިކޮށް  އެސާރވިސްއިން ވަނީ އޭނާސަލާމަތް ކޮށްފައިެވެ. އަދި މާފުށީ ސިއްހީ މަރުކަޒުގައި މުއްރަަތަށް ފަރުވާދީފައިވާކަމަށްވސް މަޢުލޫމާތުލިބެއެވެ. އެހެންނަމަވެސް އޭނާގެ ޙާލު ރަނގަޅުކަމަށާ، މިހާރު އޭނާ ހުރީ އަނެއްކާވެސް ޖަލުގެގޮޅީގައި ކަމަށް މަޢުލޫމާތުލިބެއެވެ. .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.