ޢާއްމު އިޖުތިމާޢީ މިންގަނޑުތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

tin1

ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކުރުމުގެ ޤާނޫނަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މަޑަވެލީ ސްކޫލުގެ ބެލެނިވެރިންނާ ދަރިވަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް އެރަށު ސްކޫލުގައި ފަށައިފިއެވެ.

މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ މަޑަވެލީ ސްކޫލުގެ ގްރޭޑް 9،8،7،6 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ. މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް ޢަމަލު ކުރުމުގެ ޤާނޫނުން ރައްޔިތުންނަށް ލިބިދޭ ފައިދާ ތަކާއި ރައްކާތެރި ކަމުގެ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ވުމުގެ މުހިއްމު ކަމާއި އޭގެ ސަބަބުން ލިބިގެންދާނެ ފައިދާތައް އޮޅުން ފިލުވައި ދެއްވިއެވެ. މިއާއެކު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންދާނެ މިންވަރާއި ޤާނޫނާ ޚިލާފުވުމުން އަޅާނެ ފިޔަވަޅުތައް އޮޅުން ފިލުވައި ދެއްވިއެވެ .

ގދ.މަޑަވެލީ ސްކޫލްގެ ބެލެނިވެރީންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އިސްވެ ދެންނެވި 2 ޤާނޫނުގެ ބައިތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ޖިންސީ އަނިޔާ އާއި ޖިސްމާނީ ގޮތުން ލިބިދޭ އަނިޔާ އާއި އެފަދަ ކަންކަމުން ދަރިވަރުން ސަލާމަތް ކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތައް ހިމެނެއެވެ. .

މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ގދ.އަތޮޅުގައި މަސައްކަތް ކުރާ މިފަދަ ސެސަންތައް ނަގައިދިނުމުގެ ތަޖުރިބާހުރި ފުލުހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.