ބޭރުގެ މުދާ އުފުލާ ބޯޓެއް ފުވައްމުލަކު ފަރަށް އަރައިފި

2393

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން، އައި ބޯޓު އެރަށުފަރަށް އަރައިފިއެވެ.
އެއީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓެކެވެ. ޏ.ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އެބޯޓު އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެފަރާތުން ވިދާޅުވެއެވެ.
"މިއަދު ހަވީރު 15:45 ހާއިރު ޏ.ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ ވިއެޓްނާމްގެ (އެމްވީ އެންޖީއޯސީ ސަން) (MV NGOC SON) ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ." އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
މިއީ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން، އައި ބޯޓެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.