މަސްތުވާތަކެއްޗާއެކު މީހަކު އއ. މަތިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

Untitled

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅީގެން މަތިވެރި ޕޮލިސް ސްޓޭޝަނުން އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނުގައި ލޯންޗު މަތިވެރިއަށް ކައިރިކުރި ތަނުންނެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެނާ އެވަގުތު އިށީނދެއިން ސީޓު ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރުމުން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.

މިމައްސަލަ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.