އަދީބު މާލެގެނެސް ހޮސްޕިޓަލުން ފަރުވާދީފި

gdfgdfg

ޖަލުގައި 33 އަހަރުގެ ޖަލުޙުކުމް ތަންފިޒުކުރައްވަމުންދާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު މާލެގެނެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕޮޓަލުގައި ފަރުވާދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކުރައްވާގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަދީބު އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައިވެއެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރަށް އަދީބު ދެއްކެވީ މާފުށިން އޭނާ ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި، ޑޮކްޓަރަކަށް ދެއްކީ ސިއްހީ ގޮތުން މާބޮޑު މައްސަލައެއް ދިމާވެގެން ނޫންކަމަށްވެސް، އެސާވިސްއިން ހާމަކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.