އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކޮށްފި

image-0-02-01-924e4d4d5d2ec8de3cb630c580b3a0fdeb3592faec0ef11d5454392083a54d12-V

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޙުސްކުރި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެބިލަށް ބަސްކުރަމުންދަނިކޮށް ނޫސްވެރިންގެބަޔަކު ވަނީ މަޖިލީހުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކޮށް އަޑުއުފުލާފައެވެ. މި އިހުތިޖާޖަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އެހެންނަމަވެސް މަޖިލީހުގެ އިދާރާގެ އެހި ސަރަޙައްދުތަކުގައި ނޫސްވެރިންވަނީ ޝުޢޫރުފާޅުކޮށް އަޑުއުފުލާފައެވެ.

މިޙަރަކާތް ހުއްޓުވަން ފުލުހުން ނުކުތްނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއްނުވެއެވެ. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމަށް ނޫސްވެރިން ވަނީ "27 ގެ ދިފާއުގައި" މިނަމުގައި ޚާއްސަ ކެމްޕެއިނެއްވެސް ފަށާފައެވެ. މިއަދުގެ އިހުތިޖާޖުގައި ގިނަ ނޫސްވެރިން ތިބީ މި ޙަރަކާތް ތަމްސީލުކޮށްދޭ ޓީޝާޓު ލައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.