ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރު ސެންޓަރެއް ހުޅުވަނީ!

images

ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސަރު ސެންޓަރެއް ޤާއިމް ކުރުމަށް، އިންޑިޔާގެ މަޝްހޫރު މަނިޕާލް ހޮސްޕިޓަލާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެންސްޕާގެ ފަރާތުން ސީއީއޯ މުޖުތަބާ ޖަލީލާއި، އެހޮސްޕިޓަލު ހިންގަމުންދާ އާސަންދައިގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދެވެ. މަނިޕާލް ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ހޮސްޕީޓަލްގެ ސީއީއޯ އަޖޭ ބަކްޝީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ މިއަދު ވިދާޅުވީ، ކެންސަރު ބައްޔަކީ ރާއްޖޭގައި އިތުރުވަމުންދާ ބައްޔެއްކަމަށެވެ. އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލުގައި މިފަދަ ސެންޓަރެއް ގާއިމް ވެގެންދިއުމަކީ ރާއްޖޭގެ ސިއްހީ ދައިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަނިޕާލް ހޮސްޕިޓަލްގެ ސީއީއޯ އަޖޭ ބަކްޝީ ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ކެންސަރ ސެންޓަރުން އަންނަ ނޮވެމްބަރު މަހު ޚިދުމަތް ދޭންފަށާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.