މާލެއަށް ކެބްއެމްވީ ތަޢާރަފް ކޮށްފިން، ދެން ތަޢާރަފްކުރާނީ އައްޑުއަށް

ރަވާނާގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ: ފޮޓޯ އެމްއެންޑީއެފް

ކެބްއެމްވީ ކިޔާ އެޕެއް ތަޢާރަފްކޮށް ޓެކްސީ ހޯދުމަށް ދިމާވަމުން އައި މައްސަލަތަކަށް ޙައްލެއް ހޯދައިފިއެވެ. މި އެޕް ތަޢާރަފް ކޮށްފައިވަނީ ދިވެހި ޒުވާނުންގެ ތެރެއިން ބަޔަކު ގުޅިގެން ކުރި މަސައްކަތުންނެވެ.

ޒުވާނުންގެ އެ ޓީމުގެ މެމްބަރަކު އާފަތިހަށް މަޢުލޫމާތު ދެމުން ރޭ ބުނީ މިއީ މާލެއިން ޓެކްސީ ލިބުން ދަތިވެ އެކަމަށް ހޭދަކުރާ ވަގުތު ސަލާމަތް ކުރުމަށް ތަޢާރަފްކުރި އެޕެއް ކަމަށެވެ. "މިއެޕް މެދުވެރިކޮށް ޑްރައިވަރަށް އެނގޭނެ އޭނާ ދާންވީ ގެއާއި، ސަރަޙައްދުވެސް. ފޯނަށް މިއެޕް އަޅައިގެން ގެންގުޅެންވީ. ފޯނުން ޓެކްސީއަށް ގުޅުމުގެ ބަދަލުގައި މި އެޕް ބޭނުން ކޮށްގެން ޓެކްސީގެ ޚިދުމަތް މާލެއިން ލިބޭނެ،" އެޓީމުގެ މެމްބަރު ބުންޏެވެ.

އޭނާ ބުނީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ މި އެޕް އައްޑޫސިޓީއަށް ތަޢާރަފް ކުރުމަށް ކަމަށެވެ. އެކަމަށްޓަކައި އެޓީމުން މިހާރު ގެންދަނީ މަޝްވަރާ ކުރަމުން ކަމަށާއި ކަންކަން ރަނގަޅަށްދާ ކަމަށްވާނަމަ ވަރަށް އަވަހަށް އައްޑުއަށް އެޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ޓެކްސީއަށް ޚާއްސަ މި އެޕްލިކޭޝަން ބޭނުން ކޮށްގެން ޓެކްސީ ކާރާއި، ޓެކްސީ ސައިކަލާއި، ޓެކްސީ ޕިކަޕުގެ ޚިދުމަތް އޮންލައިންކޮށް ލިބޭނެއެވެ. ޓެކްސީ ސެންޓަރަކުން ދޭ ހުރިހާ ޚިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ ކަމަށްވެސް އޭނާ ބުންޏެވެ. މާލޭގައި މި އެޕް މިހާރުވަނީ ވަރަށް ކުރިއަރާފައި ކަމަށް އެޓީމުން އާފަތިހަށް މަޢުލޫމާތު ދިން ޒުވާނާ ބުންޏެވެ. މިވަގުތު އައިފޯން އެޕްލީޝަން އެޕްސްޓޯރުން ލިބެން ނުހުންނާނެ ކަމަށާއި އެހެން ނަމަވެސް ވަރަށް އަވަށް އެކަން ވެސް ހަމަޖެހިގެން ދާނެ ކަމަށް އޭނާ ބުންޏެވެ. މިހާރު ހުންނާނީ އެންޑްރޮއިޑް އެޕްލިކޭޝަން ކަމަށް ވެސް އޭނާ ބުންޏެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.