ރައީސް ޔާމީނަށް ދެމުންގެންދާ ސެކިޔުރިޓީ ނުހުއްޓަން: އެމްއެންޑީއެފް

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެމްއެންޑީއެފުން ދެއްވަމުން ގެންދެވި ސެކިޔުރިޓޫ ހުއްޓާނުލާ ކަމަށާއި އެކަމާ ބެހޭ ގޮތުން ފަތުރަމުން ގެންދަނީ ޙަޤީޤތެއްނެތް ވާހަކަތަކެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ ރައީސް ޔާމީނަށް ދެއްވަމުން ގެންދެވި ސެކިޔުރިޓީ މިހާރު ވެސް އެމްއެންޑީއެފުން ދެއްވަމުން ގެންދަވާ ކަމަށެވެ.

އެމްއެންޑީއެފުން މިހެން ވިދާޅުވީ އިއްޔެ  ހެނދުނުން ފެށިގެން އެމްއެންޑީއެފުން ވަނީ ރައީސް ޔާމީން އުޅުއްވާ ގެކޮޅަށް ދެއްވަމުން ގެންދިޔަ ސެކިޔުރިޓީ ހުއްޓާލައިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުންނެވެ.

ރައީސް ޔާމީނަކީ އެންމެފަހުން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅާއެވެ. ކުރީގެ ރައީސުންނަށް ސެކިޔުރިޓީއާއި އެހެނިހެން ޢިނާޔަތް ދެއްވުމަކީ ޤާނޫނު ލާޒިމް ކުރާ ކަމެކެވެ. އެގޮތުން ސެކިޔުރިޓީ ދެއްވަން ޖެހިވަޑައިގަންނަވަނީ އެމްއެންޑީއެފަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.