ޖޭޕީން ޕްރައިމަރީއެއް ބާއްވާނެތޯ ނިންމާނީ ކައުންސިލުން

ޖޭޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ: ފޮޓޯ ރާއްޖެއެމްވީ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ މެމްބަރުން ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ މިމަހު 25 ދުވަހު ބާއްވާ އެޕާޓީގެ ކައުންސިލް ބައްދަލުވުމަކުން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ޕާޓީގެ ޓިކެޓަށް އެދި ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން މިހާރުވަނީ ކުރިމަތި ލައިފައި ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާނެތޯ ނޫންތީ ނިންމާނީ ކައުންސިލްގެ އެބައްދަލުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްދާއިރާއަކަށް އެކަކަށްވުރެ މީހުން ކުރިމަތިލައިފި ކަމަށްވާނަމަ ކައުންސިލުން ވޯޓެއް ނަގައި އެންމެ ގިނަ ވޯޓު ލިބުނު މީހާއަށް ވެސް ޓީކެޓު ދިނުމުގެ ފުރުސަތު އޮވެދާނެ. އަދި އެދާއިރާއެއްގައި ޕްރައިމަރީ ބާއްވައިގެން ދާއިރާ މެމްބަރުންގެ ބަހާއެކު ވެސް ޓިކެޓު ދިނުގެ ފުރުސަތު އެބައޮތް. ކޮންމެ ގޮތަކަށް ނިންމިޔަސް ނިންމާނީ ކައުންސިލުން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ގެންދަނީ އެޕާޓީގެ ޓިކެޓު ދޭނެ މީހުން އިންތިޚާބު ކުރުމަށް ޕްރައިމަރީގައި ވޯޓު ނަގަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.